Roadha Mihaaru
ރިޕޯޓު ފޮތް ދީ ހަފުތާއަކަށް ސްކޫލްތައް ބަންދުކޮށްފި

ރިޕޯޓު ފޮތް ދީ ހަފުތާއަކަށް ސްކޫލްތައް ބަންދުކޮށްފި

08 ޖޫން 2017

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދިނުމަށް ފަހުު ހަފުތާއަކަށް ސްކޫލުތައް މިއަދު ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދިނުމަށް ފަހުު ހަފުތާއަކަށް ސްކޫލުތައް މިއަދު ބަންދުކޮށްފި އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުމަށް ސްކޫލުތައް ދެން ހުޅުވޭނީ މި މަހުގެ 18 ގަ އެވެ. މި މަހުގެ 18 އިން 22 އަށް ކިޔަވައިދިނުމަށް ފަހު ދެން ސްކޫލުތައް ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެއީ ކުރިއަށް އޮތް ފިތުރު އީދަށް ނުވަ ދުވަހުގެ ބޮޑު ބަންދެއް ލިބޭތީ އެވެ.

މި ރޯދަ މަހުގެ ކުރިން ފުރަތަމަ ޓާމުގެ ޓެސްޓް ސްކޫލުތަކުން ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ ކިޔެވުން ފެށީ 78،000 ދަރިވަރުންނާ އެކު ޖެނުއަރީ އަށް ވަނަ ދުވަހު އެވެ.