މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތާ އެކު ދަރިވަރުން 10 ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފި އެވެ.
30 މެއި 2019
މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތާ އެކު ދަރިވަރުން 10 ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހު ނުވައެއްގަ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 12އާ ހަމައަށް ރާއްޖޭގައި މި އަހަރު 73،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
ފުރަތަމަ ޓާމްގެ ޗުއްޓީ މި ދިމާވީ ކުޑަ އީދުގެ ޗުއްޓީއާ އެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެ އެވެ.
އާ ސަރުކާރާ އެކު ތައުލީމީ ދާއިރާ އިން އާ ބައެއް ކަންކަން މި އަހަރު ވަނީ ފެނިފަ އެވެ. އެގޮތުން ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި ފެށިި އެވެ.
ސަރުކާރުން ހަމަޖައްސާފައި ވަނީ ދެ ވަނަ ޓާމް ފެށޭ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހިލޭ ނާސްތާ ދޭށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "މިހާރު" އަށް ކުރިން ވިދާޅުވީ ވަށައިޖެހޭ ތައުލީމަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ އިސްލާމީ އަގީދާގެ މަތީގައި ދެމިތިބި، އަޚުލާގު ރަނގަޅު ކުދިންތަކެއް ބިނާކުރުމެވެ. އޭގެ އިތުރުން ކުޅިވަރާއި އެހެން ހުނަރުތައް ތަރައްގީކުރުމުގެ ބަޔަށް އިތުރު ސަމާލުކަމެއް ދޭން ވެސް މިނިސްޓްރީން ބޭނުންވެ އެވެ.
މި އަހަރުގެ ތައުލީމީ ބަޖެޓަކީ ތިން ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖައްސާފައިވާ ދާއިރާ އެވެ.
ދަރިވަރުންގެ ރިޕޯޓު މީމިސް އިން، ބޮޑު ލުޔެއް
ކިޔެވުން ނިމި ދޮޅު މަހުގެ ސްކޫލް ބަންދު ފެށިއްޖެ
މީމިސް މެދުވެރިކޮށް ރިޕޯޓު ފޮތް ދޭން ފަށަނީ
10 ސްކޫލެއްގައި ރިޕޯޓު ފޮތް ޑިޖިޓަލް ކޮށްދެނީ
ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމްގެ ޗުއްޓީ ފެށިއްޖެ
ރިޕޯޓު ފޮތް ދީ ހަފުތާއަކަށް ސްކޫލްތައް ބަންދުކޮށްފި
ކިޔެވުން ބާއްވަނީ ރިޕޯޓް ދޭން ދެ ހަފުތާ އޮތުމުން
2016: ސްކޫލުތަކަށް ކާމިޔާބު އަހަރެއް!
ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށިއްޖެ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި