މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
28 މެއި 2019
މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ "މީމިސް" ބޭނުންކޮށްގެން ރިޕޯޓު ފޮތް ޖެނެރޭޓު ކުރުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި ބަދަލުގެ ސަބަބުން އެ 10 ސްކޫލުގެ ކުދިންނާއި ބެލެނިވެރިންގެ އަތަށް ރިޕޯޓު ފޯމެއް ނުލިބޭނެ އެވެ.
"މިގޮތުން، މި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، ދަރިވަރުންގެ ނަތީޖާ އާއި އެހެނިހެން މައުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ،" ބަޔާނުގައި ބުންޏެވެ.
އޮންލައިންކޮށް ސްކޫލުން ރިޕޯޓު ފޯމުފޮތް ބެލުމަށް ބޭނުންވާ ބެލެނިވެރިންނަށް ސްކޫލުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ޑިޖިޓަލްކޮށް ރިފޯޓު ފޯމް ދޭ ސްކޫލުތަކުގެ ތެރޭގައި މާލެ އަދި ރަށްރަށުގެ ސްކޫލުތައް ހިމެނެ އެވެ.
ދަރިވަރުންނަށް ރިޕޯޓު ފޮތް ދެނީ ސީދާ ދަރިވަރުން ސްކޫލަށް ހާޒިރުވެގެންނެވެ. އެ ރިޕޯޓުތައް ތައްޔާރުކުރަނީ މީމިސްގައި ހުންނަ މައުލޫމާތުތަކަށް ބަލައިގެންނެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ. ދެ ވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.
ދަރިވަރުންގެ ރިޕޯޓު މީމިސް އިން، ބޮޑު ލުޔެއް
ކިޔެވުން ނިމި ދޮޅު މަހުގެ ސްކޫލް ބަންދު ފެށިއްޖެ
މީމިސް މެދުވެރިކޮށް ރިޕޯޓު ފޮތް ދޭން ފަށަނީ
ފުރަތަމަ ޓާމު ނިމި ސްކޫލްތައް ބަންދުވެއްޖެ
ރިޕޯޓު ފޮތް ދީ، ފުރަތަމަ ޓާމްގެ ޗުއްޓީ ފެށިއްޖެ
ރިޕޯޓު ފޮތް ދީ ހަފުތާއަކަށް ސްކޫލްތައް ބަންދުކޮށްފި
ކިޔެވުން ބާއްވަނީ ރިޕޯޓް ދޭން ދެ ހަފުތާ އޮތުމުން
2016: ސްކޫލުތަކަށް ކާމިޔާބު އަހަރެއް!
ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށިއްޖެ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި