Roadha Mihaaru
ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

08 ޖޫން 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީލަންކާ އަށް ވަޑައިގެންފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އައުމުން އިނގިރޭސި ވިލާތުން ނަޝީދު ހިމާޔަތް ހޯއްދެވި ފަހުން ދޭތެރެ ދޭތެރެ އިން ލަންކާ އަށް ވަޑައިގެން އެކި ފަރާތްތަކާ ބައްދަލު ކުރައްވައި، ސިޔާސީ ހަރަކާތްތައް އެ މަނިކުފާނު ހިންގަވަ އެވެ.

އެންމެ ފަހުން މިދިޔަ މަހު ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު އެ މަނިކުފާނު އަނެއްކާ ލަންކާ އަށް ވަޑައިގަތީ މިއަދު އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުން އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެކަމަކު ވަޑައިގަންނަވާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.