Roadha Mihaaru
އެމްޓީސީސީ ފެރީ ދަތުރުތައް އެއްގަޑިއިރަށް މެދުކަނޑާލަނީ

ރޯދަމަހު އެމްޓީސީސީގެ ފެރީގެ ދަތުރުތައް އެއްގަޑިއިރަށް މެދުކަނޑާލަނީ

06 ޖޫން 2016

ރޯދަ ވިއްލާ ވަގުތާ ދިމާކޮށް ހުޅުމާލެ އަދި ވިލިމާލޭ ފެރީ ދަތުރުތައް އެއް ގަޑި އިރަށް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ރޯދަ ވިއްލާ ވަގުތާ ދިމާކޮށް ހުޅުމާލެ އަދި ވިލިމާލޭ ފެރީ ދަތުރުތައް އެއް ގަޑި އިރަށް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 6:00-7:00 އާ ދެމެދު ވިލިމާލޭ ފެރީގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި ހަތެއް ޖަހާއިރު ދަތުރުތައް އަލުން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭ ފެރީގެ ހިދުމަތް މެދުކަނޑާލަން ހަމަޖައްސާފައިވަނީ 5:40 އިން 6:40 އާ ދެމެދެެވެ. ހުޅުމާލޭ ފެރީ ޓާމިނަލް 6:40 ގައި ހުޅުވިޔަސް ދަތުރުތައް ފަށާނީ 7:00 ގަ އެވެ. އޭނާ ވިދާޅުވީ އެހެން މަސްތަކެކޭ ވެސް އެއްގޮތަށް ފެރީގެ ދަތުރުތައް އާއްމުކޮށް އޮންނާނީ 10-15 މިނެޓުން ކަމަށެވެ.

ހުޅުމާލެ އަށް ގިނަ މީހުން ދަތުރުކުރާ ވަގުތުތަކުގައި ޕްރިމިއަމް ފެރީގެ ހިދުމަތް ކޮންމެ 30 މިނެޓަކުން ދޭނެ ކަމަށާއި ދަތުރުކުރާ މީހުންނަށް ވީހާ ވެސް ފަސޭހަ އިން ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވުމުން ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު މިއަދު މަދުކަމަށާއި ނަމަވެސް ރޯދައިގެ ފަހުކޮޅަށް އެޅުމުން ކޮންމެ އަހަރަކު ވެސް އެ އަދަދު އިތުރުވާ ކަމަށެވެ.