Roadha Mihaaru
"ހިނގާ މަހެއް" ފެނިފައި ސައިންސްވެރިން ކޮސްވެއްޖެ

"ހިނގާ މަހެއް" ފެނިފައި ސައިންސްވެރިން ކޮސްވެއްޖެ

13 ޖޫން 2017

ކަނޑުގެ ބިމުގައި ހިނގާފައި އުޅޭ މަހެއް ފެނި ސައިންސްވެރިން ހައިރާންވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކަނޑުގެ ބިމުގައި ހިނގާފައި އުޅޭ މަހެއް ފެނި ސައިންސްވެރިން ހައިރާންވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި މަސް ފެނިފައި ވަނީ އެމަރިކް ބެންހަލައްސާ ކިޔާ ޑައިވަރަކަށް އިންޑޮނީޝިޔާގެ ކަނޑު އަޑިންނެވެ. މި ޑައިވަރަށް ވެސް، ސައިންސްވެރިންނަށް ވެސް މީގެ މަހެއް ކުރިން ފެނިފައެއް ނުވެ އެވެ.

އޮރެންޖް ކުލަ އާއި މުށިކުލައެއް ހުންނަ މި މަސް ކަނޑު އަޑީގެ ބިންމަތީގައި ކުޑަކޮށް ހުއްޓެމުން ހިނގާފައި އުޅެނިކޮށް ވީޑިއޯ އިން ފެނެ އެވެ. އެއާ އެކު މިއީ ކޮން ކަހަލަ މަހެއް ކަމާއި މީތި ހިނގާފައި އުޅުމުގެ ސިއްރު ހޯދަން ސައިންސްވެރިން ވަނީ މަސައްކަތް ފަށާފަ އެވެ.

ސައިންސްވެރިން ބުނަނީ މިއީ ސްޓިންގްފިޝް އަކަށް ވެދާނެ ކަމަށެވެ. މިފަހަރު ފެނިފައިވާ މަހަކީ ކަނޑައެޅިގެން ސްޓިންގްފިޝް އެއް ކަން ސައިންސްވެރިންނަށް ޔަގީން ނުވިއަސް އެ އާއިލާގެ އެއްޗެއް ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި އެއީ ވައިޓް ގޮބްލިން އަކަށް ވެދާނެ ކަަމަށް ވެސް ލަފާ ކުރެ އެވެ.