Roadha Mihaaru
ހުޅުމާލޭގައި ސީސީޓީވީ ހަރުކޮށް ބެލެހެއްޓުން ފުލުހުންނަށް

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް އޭގެ ހުރިހާ ކަމެއް ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް އޭގެ ހުރިހާ ކަމެއް ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.

ފުލުހުންގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ. އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަނެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަން 25 ކެމެރާއެއް ފުލުހުންނާ ހަވާލުކޮށްފަ އެވެ. ކެމެރާ ހަރުކުރުމުގެ އިތުރުން އެއާ ގުޅޭ ވަސީލަތްތަކާއި ސޮފްޓްވެއާ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގާއިމްކުރަން އެއްބަސްވެފައިވެ އެވެ.

ސީސީޓީވީ ކެމެރާގެ އޮޕަރޭޝަންސް ހިންގާނެ ސެންޓަރެއް އެޗްޑީސީގެ އިމާރާތުގައި ހެދުމަށް ފަހު އެތަން ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

ހުޅުމާލޭގައި ބަހައްޓާ ކެމެރާތައް ގުޅާލަނީ އުރީދޫގެ ފައިބަ ނެޓްވޯކާ އެވެ. އެޗްޑީސީން ވަނީ އުރީދޫއާ އެކު ދާދި ފަހުން އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. އެހެންވެ،

ކެމެރާތައް ހަރުކުރުމާ އެކު ހުޅުމާލޭގައި ސެކިއުރިޓީ ބަލަހައްޓަން އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ. ހުޅުމާލޭގައި ކުރިން ހަރުކޮށްފައި ހުރި ކެމެރާތައް މިހާރު މަސައްކަތެއް ނުކުރެ އެވެ.

ހުޅުމާލޭގައި ފުލުހުންގެ އާ އިމާރާތް އެޅުމަށް 25 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ފުލުހުން ދާދި ފަހުން ވަނީ ހަވާލުކޮށްފަ އެވެ. ނެއިބާހުޑް އެކެއްގެ ސެންޓްރަލް ޕާކް ކައިރީގައި އަޅާ މި އިމާރާތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހުޅުމާލޭގައި ފުލުހުންގެ ހިދުމަތް މިހާރު ދެމުން އަންނަނީ އެޗްޑީސީ ހުންނަ އިމާރާތުގަ އެވެ.