Roadha Mihaaru
ސައިމަންގެ ކާރާއި އެޕާޓްމަންޓަށް ގެއްލުންދީފި

އެޗްޑީސީގެ އެމްޑީ ސައިމަންގެ ކާރާއި އެޕާޓްމަންޓަށް ގެއްލުންދީފި

14 ޖެނުއަރީ 2018

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންގެ ކާރަށާއި އެޕާޓްމަންޓަށް ގެއްލުންދީ ވަގަށް ގޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންގެ ކާރަށާއި އެޕާޓްމަންޓަށް ގެއްލުންދީ ވަގަށް ގޮވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސައިމަންގެ އެޕާޓްމަންޓުގައި ކުރަހައި ގެއްލުންދިން މައްސަލަ މި މަހުގެ ފަސް ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށާއި އިތުރު ތަފުސީލެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ސައިމަންގެ އެޕާޓްމަންޓުގައި ކުރަހާފައި..-

ސައިމަންގެ އެޕާޓްމަންޓުގައި ކުރަހާފައި..-

އޭނާގެ އެޕާޓްމަންޓުގެ ދޮރާއި ކުންފުނިން އޭނާ އަށް ދީފައި އޮންނަ ކާރުގައި ވަނީ ފިޔާތޮށި ކުލައިން "ވަގު 30ކޭ" ޖަހައި ސްޕްރޭ ކޮށްފަ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކެއް ނޭނގެ އެވެ. މިކަމާ ގުޅޭގޮތުން ސައިމަންގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖ) އައިޝަތު ބިޝާމްގެ ކާރުގައި ރޯކޮށްލާފައި ވެ އެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.