Roadha Mihaaru
ބެޓްލްފީލްޑުގެ އާ ގޭމެއް މިއަހަރަކު ނުނެރޭނެ

ބެޓްލްފީލްޑުގެ އާ ގޭމެއް މިއަހަރަކު ނުނެރޭނެ

17 ޖޫން 2017

މިދިޔަ އަހަރު އޮކްޓޫބަރު ގައި "ބެޓްލްފީލްޑް 1" ނެރެގެން ލިބުނު ކާމިޔާބީން، އެ ގޭމު އުފެއްދި އިލެކްޓްރޯނިކް އާޓްސް (އީއޭ) ވެސް ހައިރާންވި އެވެ. މިދިޔަ މާޗް މަހާ ހަމަޔަށް، މި ގޭމު ކުޅޭ މީހުންގެ އަދަދު 19 މިލިއަނަށް ވުރެ މައްޗައް ދިޔަ އެވެ. އެ ގޭމަށް އޮތް ޑިމާންޑް އަދިވެސް އިތުރުވަމުން އަންނާތީ އާ ގޭމެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށް އީއޭ އިން ވަނީ ބުނެފަ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

އެއްވަނަ ބޮޑު ހަނގުރާމަ ތެރޭ ހަގުރާމަކުރުމުގެ ފުރުސަތު "ބެޓްލްފީލްޑް 1" ގޭމުން ލިބިގެން ދާއިރު، ގޭމު ގައި ހިމެނޭ ވާހަކަ އާއި ކުޅުމުގެ ތަޖުރިބާ ފުރިހަމަކުރަން ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ ވަރަށް މޮޅެވެ. މީގެ އާ ގޭމެއް ނެރެން ކުޅުންތެރިން އާދޭސް ކުރަމުން ދިޔައީ ސިންގަލް ޕްލެޔާ ބައިތައް މާ ކުރުވީމަ އެވެ. އީއޭއިން ބުނި ގޮތުގައި މަލްޓި ޕްލެޔާކޮށް ފޫހި ނުވާ ވަރަށް ގޭމް ޕްލޭ ތަޖުރިބާ ކުރެވޭނެ އެވެ.

އެގޮތުން ގޭމިން މަހާސިންތާ އީ3 ގައި އީއޭ އިން ބުނީ މި އަހަރު ތެރޭ ވަރަށް ތަފާތު 8 މެޕެއް ތައާރަފް ކުރާނެ ކަމަށެވެ. މީގެ ތެރޭ ރަޝާ އާއި ފްރާސްގެ މެޕްތަކެއް ހިމެނޭ ކަމަށާއި ރޭގަނޑު ވަގުތުގެ މެޕްތަކެއް ހިމެނޭކަން އީއޭއިން ބުންޏެވެ. މީގެ އިތުރުން މަލްޓިޕްލެޔާގެ ކުޅުމުގެ ތެރެއަށް އަންހެން ހަނގުރާމަވެރިން އިތުރު ކުރާނެ ކަމަށް ވެސް ބުންޏެވެ.

ބެޓަލްފީލްޑް 1 ގައި  ކެރެކްޓާ އެއް އަލިފާނުގެ ހަތިޔާރެއް ހިފައިގެން ހަނގުރާމަ ކުރަނީ

ބެޓަލްފީލްޑް 1 ގައި ކެރެކްޓާ އެއް އަލިފާނުގެ ހަތިޔާރެއް ހިފައިގެން ހަނގުރާމަ ކުރަނީ

މި އަަހަރު ނޮވެމްބަރު ގައި ބެޓްލްފީލްޑް ސިލްސިލާއިން "ސްޓާ ވޯސް ބެޓްލްފްރަންޓް 2" ނެރޭނެ ކަމަށް އީއޭ އިން ވަނީ ބުނެފަ އެވެ. އެ ގޭމު ބިނާކުރަން ރާވާފައި ވަނީ ސްޓާ ވޯސްގެ ފަހުގެ ފިލްމުތަކުގެ މައްޗަށެވެ.

ބެޓަލްފީލްޑް ސިލްސިލާ ތެރޭން އެންމެ ފަހުން ނެރުނީ "ބެޓްލްފީލްޑް 1"، "ބެޓްލްފީލްޑް ހާޑްލައިން"، އަދި 2015 ގައި "ބެޓްލްފީލް 4" ގޭމުތަކެވެ. ސްޓާ ވޯސް އަށް ބިނާ ކޮށް އީއޭ އާއި ލޫކަސްއާޓްސް ގުޅިގެން ފުރަތަމަ ގޭމު ނެރުނީ 2004 ގައެވެ. އެކަމު ސިލްސިލާގެ ތެރޭން އެންމެ ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަނީ "ބެޓްލްފީލްޑް 1" ގެ ގޭމުތަކެވެ.