Roadha Mihaaru

މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް އަވަހާރަކޮށްލުމުގެ ކުށުގައި 30 މީހަކަށް މަރުގެ އަދަބު

ގާހިރާ (ޖޫން 17) - މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތު އަވަހާރަކޮށްލުމުގެ ކުށުގައި 30 މީހެއްގެ މައްޗަށް ގާހިރާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަވަހާރަކޮށްލި މީހުންނަށް މަރުގެ އަދަބު
ހަސަން އާމިރު
ހަސަން އާމިރު

17 ޖޫން 2017

ގާހިރާ (ޖޫން 17) - މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތު އަވަހާރަކޮށްލުމުގެ ކުށުގައި 30 މީހެއްގެ މައްޗަށް ގާހިރާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

ކާރު ބޮމުގެ ހަމަލާއެއްގައި ހިޝާމް ބަރަކާތު އަވަހަރާކޮށްލީ ޖޫން 2015 ގަ އެވެ. އެއީ މިސްރުގައި ފަހަކަށް އައިސް އަވަހާރަކޮށްލި ސަރުކާރުގެ އެންމެ ސީނިއާ އޮފިޝަލް އެވެ.

މިސްރުގެ ބްރަދަހުޑުގެ ތާއީދު އޮތް ސަރުކާރު 2013 ވަނަ އަހަރު ވައްޓާލި ފަހުން އެ ޖަމާއަތަށް ނިސްބަތްވާ އެތައް ބައެއްގެ މައްސަލަ ބަރަކާތު ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ. ބްރަދަހުޑު މިސްރުގައި މަނާކުރުމަށް ފަހު އެ ޖަމާއަތުގެ އެތައް ބައެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާ އަނެއް ބަޔަކު އުމުރު ދުވަހަށް ޖަލުގައި ބަންދު ކުރުމަށް ހުކުމްކޮށްފަ އެވެ.

ބަރަކާތު އަވަހާރަކޮށްލި ކަމަށް މިސްރުން ތުހުމަތު ކޮށްފައި ވަނީ ބުރަދަހުޑާއި ފަލަސްތީނުގެ ހަމާސް ޖަމާއަތަށެވެ. ނަމަވެސް އެ ދެ ޖަމާއަތުން އެކަން ދޮގު ކުރެ އެވެ.

މިސްރުގެ ދާޚިލީ ވުޒާރާ އިން މިދިޔަ އަހަރު ނެރުނު ވީޑިއޯއެއްގައި ބައެއް މީހުން ވަނީ ބަރަކާތު އަވަހާރަކޮށްލި ކަމަށް އެއްބަސްވެފަ އެވެ. އެ މީހުން ވަނީ ހަމާސްގެ ތަމްރީނުތަކަށް ގާޒާ އަށް ދިޔަ ކަމަށް ވެސް ބުނެފަ އެވެ. އޭގެ ތެރޭން ބައެއް މީހުން ވަނީ ކޯޓުގައި އެކަމަށް ދެކޮޅު ހަދައިފަ އެވެ. އަދި ވީޑިއޯގައި އެގޮތަށް ބުނުވާފައި ވަނީ އަނިޔާކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ.