18 ޖޫން 2017
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްއާރުޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ޕްރޮޖެކްޓް ހެޑް މުހައްމަދު ޝަރީފް ވިދާޅުވީ އެމްއާރުޑީސީން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރަށްރަށުގެ މަގު ހެދުން ކަމަށެވެ. އެ ގޮތުން 10 ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ގާތްގަނޑަކަށް 126 މަގު ކަމަށާއި އެ ހުރިހާ މަގެއްގެ ދިގުމިނުގައި 38 ކިލޯމީޓަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތުގެ ދަށުން އެންމެ އަވަހަށް ނިންމާލެވޭނީ ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތެވެ. އެ ގޮތުން އެ ދެ ރަށުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި މުޅިން އަލަށް ހަތަރު ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި މަސައްކަތަށް ހޭދަވާ ވަރެއް ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން 67 ރަށެއްގައި ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ހަލުވި ކަމާ އެކު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި ހަ ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއާރުޑީސީން ބުނި ގޮތުގައި ރައްޔިތުންގެ ފައިދާ އާއި މަންފާ އަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް އަންނަ އޮކްޓޯބަރު ނުވަތަ ނޮވެމްބަރުގެ ކުރިން ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކުޅުދުއްފުށީ ތާރު މަގުތައް މި އަހަރު ނިމޭނެ: މުއިއްޒު
ކުޅުދުއްފުށީގެ މަގުތަކުގައި ތާރު އަޅަން ފަށައިފި
މަގު ހަދަން ހުރަސް އެޅުމުން ސްމިތު ހައްޔަރުކޮށްފި
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށަނީ
ކުޅުދުއްފުށީގެ މަގުތައް ދެ މަސް ތެރޭގައި ނިމޭނެ
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި
ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ބޮޑު މަޝްރޫއެއް
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
މަގު ހެދުމުގެ މަޝްރޫއުގެ އެލްއޯއީގައި ސޮއިކޮށްފި
ހަވާލުވިއިރު 64 މަޝްރޫއެއް އޮތީ ހުއްޓިފައި:މިނިސްޓަރު