Roadha Mihaaru
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށަނީ

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށަނީ

10 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު އަލުން ފަށާނެ ކަމަށް އެމްއާރުުޑީސީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު އަލުން ފަށާނެ ކަމަށް އެމްއާރުުޑީސީން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީގެ މަގުތަކުުގައި ތާރު އަޅައި އެ މަގުތައް އަލުން މަރާމާތު ކުރުމުުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެ އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ފެށި އެ މަސައްކަތް ހުއްޓާލިއިރު، ހަތަރު މަގެއްގައި ވަނީ ތާރު އަޅައިފަ އެވެ.

އެމްއާރުޑީސީން ކުރިން ބުނިގޮތުގައި އެ މަސައްކަތް ހުއްޓާލީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. އަދި މަސައްކަތް އަލުން ފަށާތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ނިންމާލާނެ ކަމަށް ބުނެފައި ވެ އެވެ.

ސަރުކާރުން 60 މިލިޔަން ރުފިޔާ ހަރަދު ކުރާ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި ތާާރު އެޅުމަށް ވަނީ ނިންމާފަ އެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްއާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުނިންނެވެ. ނަމަވެސް އެމްއާރުޑީސީ އާއި ސިއެރާ ކުންފުންޏާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.