Roadha Mihaaru
ޖަލުގައި ހުންނެވި އަދީބާ އެޗްއާރުސީއެމުން ބައްދަލުކޮށްފި

ދޫނިދޫ ޖަލުގައި ހުންނެވި އަދީބާ އެޗްއާރުސީއެމުން ބައްދަލުކޮށްފި

19 ޖޫން 2017

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބައްދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބައްދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުން އޮތީ ދޫނިދޫ ޖަލުގަ އެވެ. ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ބައެއް މެމްބަރުންނާއި މުވައްޒަފުން އަދީބާ ބައްދަލު ކުރެއްވި އެވެ. އެކަމަކު މިކަމާ ގުޅިގެން ފުލުހުންނާއި އެޗްއާރުސީއެމުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށްފައި މިވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އާއިލާ އިން އެޗްއާރުސީއެމަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އެހެންވެ އަދީބު ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އާއިލާ އިން އެދިފައި އޮތަސް، އެކަމާ ގޮތުން މިހާތަނަށް އެއްވެސް މުއައްސަސާއަކުން ގޮތެއް ނިންމާފައެއް ނުވެ އެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ ބަލަން އދ. އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އަދި ވެރިކަން ކުރާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދި އަދީބުގެ އާއިލާ އިން ވަނީ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ސިޓީއެއް ފޮނުވައިފަ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އަދީބާ ބައްދަލުކުރުމަށް ވެސް ހޯމް މިނިސްޓްރީ އަށާއި ފުލުހުންނަށް ވަނީ ސިޓީ ފޮނުވައިފަ އެވެ.

އަދީބު ސިއްހީ ފަރުވާއިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަކޮށް، ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރުމާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.