Roadha Mihaaru
އިންސާނުން ހަނދަށް ފޮނުވަން ހޯކިން ގޮވާލައްވައިފި

އިންސާނުން ހަނދަށް ފޮނުވަން ހޯކިން ގޮވާލައްވައިފި

21 ޖޫން 2017

އިންސާނުން އަލުން ހަނދަން ފޮނުވަން ދުނިޔޭގެ އިސް ގައުމުތަކަށް ސައިންސްވެރިޔާ ސްޓެފަން ހޯކިން އިއްޔެ ގޮވާލައްވައިފި އެވެ.

އިންސާނުން އަލުން ހަނދަން ފޮނުވަން ދުނިޔޭގެ އިސް ގައުމުތަކަށް ސައިންސްވެރިޔާ ސްޓެފަން ހޯކިން އިއްޔެ ގޮވާލައްވައިފި އެވެ.

ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ސައިންސްވެރިޔާ ވިދާޅުވީ 2020 އަންނަން ވާއިރަށް އެ ފިޔަވަޅު އަޅަން ޖެހެނީ ވެސް އިންސާނިއްޔަތަށްޓަކައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާނުން ހަނދަށް ފޮނުވުމުގެ އިތުރުން ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ހަނދުގައި ދާއިމީ ބޭސްއެއް ހެދުމާއި 2025 އަންނަން ވާއިރަށް މާސް ޕްލެނެޓަށް ވެސް އިންސާނުން ފޮނުވަން ޖެހޭނެ އެވެ.

އެ ލަނޑުދަނޑި ހާސިލްކުރަން މަސައްކަތްކުރުމަކީ ގައުމުތަކުގެ މެދުގައި އާ ގުޅުންތައް ގާއިމްކުރުމާއި ޖައްވީ ޕްރޮގްރާމަށް އާ ދިރުމެއް ގެނައުން ކަމަށް ވެސް ހޯކިން ވިދާޅުވި އެވެ.

ނޯވޭގައި އޮތް ސައިންސާއި އާޓް ފެސްޓިވަލްގައި ވާހަކަ ދައްކަވަމުން، ފަލަކީ އިލްމުވެރިޔާ ވިދާޅުވީ ޖައްވުގައި ފެތުރިގަތުމަކީ އިންސާނުންގެ ކުރިމަގު ބަދަލުކޮށްލާނެ މަސައްކަތެއް ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ، އެއް މަގުސަދެއްގައި، ވާދަވެރި ގައުމުތައް އެކުވެރިކޮށް، އަހަރެމެން އެންމެން ވެސް އެއް ގޮންޖެހުމަކާ ކުރިމަތިލާނެ ކަމަށް،" ހޯކިން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖައްވީ އާ އަދި ވަރުގަދަ ޕްރޮގްރާމެއް ފެށުމުން ޒުވާން ޖީލަށް އަނެއްކާވެސް އުފާވެރިކަމެއް ލިބި، އެސްޓްރޮފިޒިކްސް އާއި ކޮސްމޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކަން ބޮޑުވާނެ އެވެ.

އިންސާނުން ހަނދުގައި: ޖައްވީ ދަތުރުތައް އަލުން ފަށަން އަންނަނީ މަސައްކަތްކުރަމުން

އިންސާނުން ހަނދުގައި: ޖައްވީ ދަތުރުތައް އަލުން ފަށަން އަންނަނީ މަސައްކަތްކުރަމުން

ދުނިޔޭގައި އިންސާނުންނަށް ކުރިމަތިވެފައިވާ މަައްސަލަތައް ހައްލުކުރަން ފައިސާ ހޭދަކުރުން، ޖައްވީ ކަންކަމަށް ޚަރަދުކުރުމަށް ވުރެ މާ މުހިންމުކަމަށް ބައެއް މީހުން ކުރާ ބަހުސަށް ވެސް ހޯކިން ވަދެވަޑައިގަތެވެ. އަދި ދުނިޔެ ހޫނުވާކަމާ މެދު ޝައްކު އުފައްދަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ބައެއް ވާހަކަތައް އަމާޒުކުރެއްވި އެވެ.

"ޑޮނަލްޑް ޓްރަމްޕާ ހިލާފަށް އަހަރެން ދެކޮޅެއް ނުހަދަން ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމު ކަމާ މެދު. މި ދުނިޔެ ތަޖުރިބާކުރަމުން ދާ މޫސުމީ ބަދަލުތަކާ މެދު އޭނާ ނިންމެވި ނިންމެވުން ވަރަށް ގޯސް،" ހޯކިން ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ގުދުރަތީ މުއްސަނދިކަން ހުސްވަމުން ދާ ގޮތުން، އިންސާނުންނަށް ޖައްވީ ދަތުރުތައް މާ މުހިންމު ވެއްޖެ ކަމަށް ގަބޫލުކުރައްވާ ކުރެއްވުން ފެސްޓިވަލްގައި އޭނާ ތަފްސީލްކޮށް ކިޔައިދެއްވި އެވެ.

"އަހަރެމެންނަށް ދެން ދެވެން އޮތް ހަމައެކަނި ތަނަކީ ޖައްވު. މިއީ އިރުގެ އެހެން ނިޒާމްތަކުގައި އަތްފުނާ އަޅަންވީ ވަގުތު. ޖައްވަށް ފެތުރިގަތުމަކީ އަހަރެމެން، އަހަރެމެންގެ ކިބައިން ސަލާމަތްކޮށްދޭނެ ހަމައެކަނި ކަންތައް. އަހަންނަށް ހަމަ ގަބޫލުކުރެވޭ އިންސާނުން ދުނިޔެ ދޫކޮށްލަން ޖެހޭނެ ކަމަށް،" ކެމްބްރިޖް ޔުނިވަސިޓީގެ ތިއޮރެޓިކަލް ފިޒިސިސްޓް ވިދާޅުވި އެވެ.

ހަނދުގައި އިންސާނުންނަށް އުޅެވޭނެ ބޭސްއެއް ހަދަން އެކި ގައުމުތަކުން އަންނަނީ ޕްލޭންތައް އެކުލަވާލަމުންނެވެ. އެކަމަކު މިހާތަނަށް އިންސާނުން ހަނދަށް ފޮނުވާފައިވާ ހަމައެކަނި ގައުމު އެމެރިކާގެ އަމާޒަކަށް މި ވަގުތު ދުނިޔޭގެ ހަނދެއް ނާރަ އެވެ. ނާސާގެ ވިސްނުން ހުރީ 2030ގެ އަހަރުތަކުގައި މާސް ޕްލެނެޓަށް އެސްޓްރޮނޯޓުން ފޮނުވާށެވެ. ނަމަވެސް ހަނދުގައި ބޭސްއެއް ގާއިމް ކުރަން އެހެން ގައުމުތަކުން މަސައްކަތް ފަށައިފި ނަމަ އޭގައި ނާސާ އިން ބައިވެރިނުވެ ނުތިބޭނެ އެވެ.