Roadha Mihaaru
ކަރަންޓް އަގަށް އަންނަ ބަދަލު ބަންދަށް ފަހު ހާމަކުރަނީ

ކަރަންޓް އަގަށް އަންނަ ބަދަލު ސަރުކާރު ހުޅުވުމުން އިއުލާން ކުރެވޭނެ: ފެނަކަ

24 ޖޫން 2017

ތެލުގެ އަގު އެސްޓީއޯ އިން ހެޔޮ ކުރުމާ ގުޅިގެން ކަރަންޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރު ހުޅުވުމުން އިއުލާން ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތެލުގެ އަގު އެސްޓީއޯ އިން ހެޔޮ ކުރުމާ ގުޅިގެން ކަރަންޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރު ހުޅުވުމުން އިއުލާން ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

މިއަދު ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ތެލުގެ އަގަކީ ކަރަންޓުގެ އަގަށް ބަދަލު އަންނަ މައިގަނޑު ސަބަބު ކަމަށާއި އެހެންވެ، ތެލުގެ އަގު އެސްޓީއޯ އިން ހެޔޮ ކުރުމުން ކަރަންޓްގެ އަގަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓްގެ އަގަށް ގެންނާނެ ބަދަލުތަކާ މެދު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އީދު ބަންދަށް ފަހު ސަރުކާރު ހުޅުވުމުން އަގުތައް އިއުލާން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެނަޖީ މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާ އެކީގައި ފެނަކަ އާއި ސްޓެލްކޯއިން މިދަނީ މަޝްވަރާ ކުރަމުން. ހަމަ ސަރުކާރު ހުޅުވުމާ އެކީގައި، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހުޅުވޭ ހަފުތާގެ ތެރޭގައި ކަހަލަ ގޮތަކަށް، ކަރަންޓަށް އަންނާނެ ބަދަލުތައް އިއުލާން ކުރެވިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެނައީ ތެލުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމުންނެވެ.

ކުރިން 8.95ރ. އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު 8.65ރ. އަށް ކުޑަކޮށް، ކުރިން 8.95ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވެސް 8.44ރ. އަށް ކުޑަކުރަން އެސްޓީއޯއިން ވަނީ ނިންމައިފަ އެވެ.