27 ޖޫން 2017
މީގެ ފަހުން ސީރިޔާ ސަރުކާރުން އެ ގައުމުގެ އެއްވެސް ބަޔަކާ ދެކޮޅަށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދީފި ނަމަ، ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ އެމެރިކާ އިން، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އިންޒާރު ކޮށްފި އެވެ.
މީގެ ފަހުން ސީރިޔާ ސަރުކާރުން އެ ގައުމުގެ އެއްވެސް ބަޔަކާ ދެކޮޅަށް ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދީފި ނަމަ، ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެ އެމެރިކާ އިން، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އިންޒާރު ކޮށްފި އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނި ގޮތުގައި ސީރިޔާ ސަރުކާރުން އަނެއްކާ ވެސް ދަނީ ކެމިކަލް ހަތިޔާރުގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެފަދަ ހަމަލާއެއް ދީފި ނަމަ، ބައްޝާރުގެ ސަރުކާރުން ވަރަށް ބޮޑު އަގެއް އަދާކުރަން ޖެހޭނެ ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.
މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ސީރިޔާ ސަރުކާރުގެ ސިފައިން ވައިގެ މަގުން ދިން ކެމިކަލް ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވި އެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ މަނަވަރުތަކުން ވަނީ ސީރިޔާ ސަރުކާރުގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީ އެ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ވައިޓް ހައުސް އިން ބުނި ގޮތުގައި ސީރިޔާ އަސްކަރިއްޔާގެ އަމަލުތައް މިހާރު ހުރީ، އެޕްރީލް މަހު ކެމިކަލް ހަތިޔާރުގެ ހަމަލާ ދިން އިރު ހުރި ފަދަ ގޮތަކަށެވެ. އެހެން ކަމުން އެފަދަ ދެ ވަނަ ހަމަލައެއް ދޭން ތައްޔާރު ވަމުންދާ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިދިޔަ އެޕްރީލް މަހު ދިން ކެމިކަލް ހަތިޔާރުގެ ހަމަލާގައި ގެއްލުން ލިބިފައިވާ ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެ މީހުންގެ ގަޔަށް ފެން ޖަހަނީ.
މިފަދަ ހަމަލާތައް ދެނީ އެއް ހަމަލާގައި ވީހާ ގިނަ ބަޔަކު މަރައިލުމުގެ ބޭނުމުގަ އެވެ. ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް އެޕްރީލް މަހު ދިން ކެމިކަލް ހަތިޔާރުގެ ހަމަލާގައި 87 މީހުން މަރުވި އެވެ.
ނަމަވެސް ސީރިޔާ ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. ރައީސް ބައްޝާރުލް އަސަދު ވިދާޅުވި ގޮތުގައި، އެމެރިކާގެ އެ ތުހުމަތަކީ ސީރިޔާގެ އަސްކަރީ ވައިގެ މަރުކަޒަށް ހަމަލާ ދިނުމަށް ދެއްކި ބަހަނާއެކެވެ.
އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު ނިކީ ހަލޭ ވިދާޅުވީ ސީރިޔާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިތުރު ކެމިކަލް ހަމަލާއެއް ދީފި ނަމަ، ބެލެވޭނީ އެއީ ސީރިޔާ ސަރުކާރާއި ރަޝިޔާ އާއި އީރާން ގުޅިގެން ކުރި ކަމެއްގެ ގޮތުގަ އެވެ. އެއީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށް އަސްކަރީ ގޮތުން އެހީތެރިވެދެނީ އެ ދެ ގައުމު ކަމަށްވާތީ އެވެ.
ސީރިޔާގެ ހަނގުރާމައިގައި އީރާންގެ ހަނގުރާމަވެރިން ބައިވެރިވަމުންދާ އިރު، އެމެރިކާއާ ގުޅިފައިވާ އަސްކަރީ ލަޝްކަރުން ވަނީ އީރާންގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކިތަންމެ ފަހަރަކު ހަމަލާ ދީފަ އެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ މަތިން އުދުއްސި އީރާންގެ ޑްރޯން މަތިންދާބޯޓުތަކެއް ވަނީ އެމެރިކާ ސިފައިން ހަމަލާ ދީ ވައްޓާލައިފަ އެވެ. އަދި ސީރިޔާ ސަރުކާރުގެ މަތިންދާބޯޓެއް ވެސް ދާދި ފަހުން ވަނީ ވައްޓާލައިފަ އެވެ.
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
ރަޝިޔާގެ މިސައިލް ދިފާއީ ނިޒާމު އީރާނަށް
ސީރިޔާ މިނިވަން ވަންދެން ހިޒްބުﷲއާއި އީރާން ނުފައިބާނެ
ހަމަލާ ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި