ރަޝިޔާގައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ނިޒާމު، އީރާނަށް ވިއްކުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ރަޝިޔާގައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ނިޒާމު، އީރާނަށް ވިއްކުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.
ރަޝިޔާގައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ނިޒާމު، އެސް-400، އީރާނަށް ވިއްކުމުގެ ފުރުސަތު އޮތް ކަމަށް ރަޝިޔާ އިން މި ބުނީ، އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތާ މެދު އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ރަޝިޔާގެ މިސައިލް ނިޒާމު، އެސް-400، އީރާނަށް ލިބިއްޖެ ނަމަ، އެމެރިކާ އިން ނުވަތަ އިޒްރޭލުން ދީފާނެ ހަމަލާއަކުން ދިފާއުވުމުގެ ގާބިލުކަން އީރާނަށް ލިބޭނެ އެވެ.
އީރާނުގެ އަސްކަރީ ދިފާއު ވަރުގަދަކުރުމުގެ ވާހަކަތަކެއް މިފެންމަތިވީ، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށްޓަކައި އީރާނަށް ހަމަލާ ދޭން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް އިޒްރޭލުން ބުނެފައިވަނިކޮށެވެ. އީރާންގެ ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި، އީރާނުގައި ހުންނަވާ ރަޝިޔާގެ ސަފީރު ލީވާން ގަގަރިޔާން ވިދާޅުވީ އެމެރިކާ ކަންބޮޑުވިޔަސް، ރަޝިޔާގެ އެސް-400 މަރުކާގެ މިސައިލް ނިޒާމު އީރާނަށް ވިއްކުމަކީ އެކަށީގެންވާ ކަމެކެވެ.
"އެމެރިކާގެ އިންޒާރުތަކާއި ބިރުދެއްކުންތަކަށް އަހަރެމެން ޖެހިލުމެއް ނުވޭ. އަހަރެމެން ކުރަން ބުނާ ކަންތައް އަހަރެމެން ދާނީ ކުރަމުން،" ލީވާން ވިދާޅުވި އެވެ.
މިސައިލުން ދިފާއުވާ ނިޒާމެއް ހޯދުމަށް އީރާނުން މަސައްކަތް ކުރަމުން އަންނަ އިރު، އިޒްރޭލުން މިހާރު ތައްޔާރުވަމުން އަންނަނީ، އީރާންގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާއެއް ދިނުމަށް ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. މިދިޔަ ހަފުތާގައި، އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބައިވެރިވެގެން އިޒްރޭލުގައި ބޭއްވި ވައިގެ ސިފައިންގެ ތަމްރީންތަކަކީ، އެފަދަ ހަމަލާއެއް ދީފި ހާލަތެއްގައި އީރާނުން ރައްދުގައި ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ކުރި ތަމްރީންތަކެއް ކަމަށް ވެސް ބުނެވެ އެވެ.
އިޒްރޭލުގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އީރާންގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާ ދޭނެ ގޮތުގެ ތަމްރީންތަކެއް، މިއަންނަ އަހަރުގެ ތެރޭގައި އިޒްރޭލުގެ ވައިގެ ސިފައިން ފަށާނެ އެވެ. އެކަމަށް ބޭނުންވާ ފައިސާ މިއަންނަ އަހަރުގެ ބަޖެޓުން ހަމަޖެހުމާއެކު، ތަމްރީންތައް ފެށުމަށް އިޒްރޭލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމަކީ ނަރަކަ ހުޅުވައިލުން
އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލު ތައްޔާރުވަނީ
ޗައިނާގެ މިސައިލަކީ ރަޝިޔާގެ އުފެއްދުމަކާ ވައްތަރު
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އިޒްރޭލަށް ސިފައިންނެއް ނުފޮނުވާނަން، އެހީވެދޭނަން
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ