ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު މުހައްމަދު ޒާހިދު، ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.
02 ޖުލައި 2017
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު މުހައްމަދު ޒާހިދު، ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.
އެޗްއާރުސީއެމަށް އައްޔަން ކުރަން ދާދި ފަހުން މަޖިލިހުން ރުހުން ދިން ޒާހިދު، ކޮމިޝަންގެ ނައިބު ރައީސަކަށް ހަމަޖައްސަން ރައީސް ޔާމީން މަޖިލިހަށް ފޮނުއްވުމާ ގުޅިގެން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މީގެ އިތުރުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާ ސުވާލު ކުރައްވަން ވެސް އެޖެންޑާކޮށްފައިވެ އެވެ. ރިޔާޒް ސުވާލުކުރައްވާނީ ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނެ އިރެއް ސާފު ކުރެއްވުމަށެވެ.
އެޗްއާރުސީއެމްގެ ފުރަތަމަ ދައުރުގައި ވެސް އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރެއްވީ ޒާހިދެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރެއްވީ، އެ ކޮމިޝަންގެ މެމްބަރު ކަމުން ޝިިފާގު މުފީދު (ހިސްޓޯ) މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް އަނެއްކާ ވެސް ޒާހިދު
މައުމޫންގެ ހިތްހަމަނުޖެހުން އެޗުއާރުސީއެމަށް
އެޗްއާރުސީއެމްގެ ނައިބަކަށް ޒާހިދު، ސީއެސްސީއަށް ޝަހީދު
އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރައްވައިފި
އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރަން ފާސްކޮށްފި
އީވޯޓިންއަށް ދިއުމުގެ ވިސްނުމެއް އީސީން ނުގެންގުޅޭ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
އަނިޔާގެތުހުމަތާއެކު ފާރިސް އެޗްއާރުސީއެމަށް ފާހެއް ނުވި
އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ
ހަބީބް، އެޗްއާރުސީއެމަށް އައްޔަންކުރަން ކޮމިޓީގެ ރުހުން