Roadha Mihaaru
އެޗްއާރުސީއެމްގެ މެމްބަރުކަމަށް އަނެއްކާ ވެސް ޒާހިދު

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އަނެއްކާ ވެސް ޒާހިދު އައްޔަން ކުރަނީ

05 ޖޫން 2017

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ފުރަތަމަ ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ފުރަތަމަ ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި ޒާހިދު، އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވުމާ ގުޅިގެން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

އެޗްއާރުސީއެމްގެ ފުރަތަމަ ދައުރުގައި އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ޒާހިދު ކުރެއްވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރަކަށް ޒާހިދު އައްޔަން ކުރައްވަން ރައީސް ޔާމީން ނިންމެވީ، އެ ކޮމިޝަންގެ ނައިބު ރައީސް ޝިިފާގު މުފީދު (ހިސްޓޯ) މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝިފާގު މިހާރު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް އާމިނަތު އީނާސް އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އައިޝަތު އަފްރީން މުހައްމަދު އެވެ.