Roadha Mihaaru

އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ އައްޔަންކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

20 ޖެނުއަރީ 2025

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުއުމިނާ، އެޗްއާރުސީއެމްގެ ނައިބު ރައިސަކަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމަށް މުއުމިނާ އައްޔަން ކުރީ 2020 ވަނަ އަހަރު އެވެ.

އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ ކޮމިޝަންގެ އެކްޓިން ސެކްރެޓަރީގެ މަގާމުގަ އެވެ.

ޔުނިވާސިޓީ އޮފް ސިޑްނީ އިން ކިޔަވައި ވިދާޅުވި މުއުމިނާ ވަނީ ކްރިމިނޮލޮޖީ އިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އިކޮނޮމިކް މިިނިސްޓްރީގައި ޑިވެލޮޕްމެންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި މުއުމިނާ ވަނީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބަވާ މެމްބަރުންނަކީ މުއުމިނާގެ އިތުރުން ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ސަމާއު އަހުމަދު ނަޖީބުގެ އިތުރުން އިސްމާއީލް ހަބީބެވެ.