Roadha Mihaaru
އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރައްވައިފި

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރައްވައިފި

15 ޖޫން 2017

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މުހައްމަދު ޒާހިދު މިއަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މުހައްމަދު ޒާހިދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރެއްވީ، އެ ކޮމިޝަންގެ މެމްބަރު ކަމުން ޝިިފާގު މުފީދު (ހިސްޓޯ) މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

ޒާހިދު ވަނީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާ ރައީސް ޔާމީންގެ ކުރިފުޅުމަތީގައި މިއަދު ކުރައްވައިފަ އެވެ. އަދި މަގާމުގެ ލިޔުން ވެސް ރައީސް ޔާމީން، ޒާހިދާ ހަވާލުކޮށްދެއްވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ހުވާ ޒާހިދު މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ހުވާ ޒާހިދު މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 57 މެމްބަރުން ވޯޓުންނެވެ. ޒާހިދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރުން ތިއްބެވި އެވެ.

ޒާހިދުގެ ނަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އޭނާ އަށް 88 ޕަސެންޓް ދީފަ އެވެ.

ޒާހިދަކީ އެޗްއާރުސީއެމްގެ ފުރަތަމަ ދައުރުގައި އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގައި ފަސް އަހަރު ދުވަސްވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގަ އެވެ.