Roadha Mihaaru
ސޮއިގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ސޮއިގެ މައްސަލަ ބަލަން މެމްބަރު ރަޝީދު މަޖިލީހަށް ހުށަހަޅައިފި

04 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިސްޓުގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ ސޮއި އެ ލިސްޓުގައި އޮތް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިސްޓުގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާގެ ސޮއި އެ ލިސްޓުގައި އޮތް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެހެންވެ، އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި، އެކަން ކުރި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އޭނާ އިއްޔެ އެދިވަޑައިގެންނެވި އެވެ.

މަޖިލިހުގެ ރައީސް ކަމުން މަސީހު ބޭރު ކުރުމަށް ހުށަހެޅި ލިސްޓުގައި ސޮއި ނުކުރައްވާ ކަމަށް މެމްބަރު ރަޝީދު ވިދާޅުވި ނަމަވެސް، އޭނާ ލިސްޓުގައި ސޮއި ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން ވަނީ އާންމުކޮށްފަ އެވެ. އެކަމާ ގުޅިގެން މެމްބަރު ރަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސާ ދެކޮޅަށް މިއަދު މައްސަލަ ހުށަހެޅުމާ އެކު ޕީޕީއެމުން ބުނެފައި ވަނީ އޭގެތެރޭގައި ވަގު ސޮއި ހިމެނޭ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ކުރަން ކުރާ މަސައްކަތް ފެއިލް ކުރާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.