ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، ދައުވާ ކުރުން ފަދަ ކަންކަން ކުރުމުގެ އެއްވެސް ހައްގެއް ފުލުހުންނަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ނެތް ކަމަށް އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.
05 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، ދައުވާ ކުރުން ފަދަ ކަންކަން ކުރުމުގެ އެއްވެސް ހައްގެއް ފުލުހުންނަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ނެތް ކަމަށް އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުރާ އެއްވެސް މަސައްކަތަކާ ފުލުހުންނާއި ޕީޖީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އިންތި ވިދާޅުވީ މަޖިލީހުގައި ނަގާ އެއްވެސް ވޯޓަކާ ރާއްޖޭގެ އެއްވެސް މިނިވަން މުއައްސަސާއަކާ ގުޅުމެއް ނެތް ކަމަށާއި އެއީ އެ ފަރާތްތަކުގެ އެއްވެސް ދައުރެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
އޭނާ އެ ގޮތަށް ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް ވެއްދުމުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ފުލުހުން ބުނުމާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ ކުރަން ޕީޖީން ފޮނުވާފައިވާ މައްސަލައިގަ އެވެ.
"އެ ދައުވާ [އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާ] ވެސް އަނބުރާ ގެންދިއުމަށް ފަހު، ކުއްލިއަކަށް މަޖިލީހުގައި ނެގޭ ވޯޓަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ފޮނުވައިފި. މިއީ އަޅުގަނޑުމެން އިންސާނުން ބުއްދި ގަބޫލުކުރާ ހަމަތަކެއްތޯ؟" އިންތި ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގައި މިނިވަން މުއައްސަސާތަކުގެ ދައުރެއް ނެތްއިރު، އެފަދަ ހަމަތައް ގަބޫލް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް އަދި މި ނޫން ވެސް ދިވެހިރާއްޖޭގެ ބައެއް މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުގައި ނެގޭ އިތުބާރު ނެތްކަމުގެ ވޯޓްގެ އެއްވެސް ދައުރެއް އޮތް ބައެއް ނޫން ތި ބޭފުޅުންނަކީ،" އިންތި ވިދާޅުވި އެވެ.
"ތި ބޭފުޅުންނަކަށް ނެތް ރައްޔިތުންގެ މަޖިލީހުގައި ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓަކާ ގުޅުން ހުރި އެއްވެސް ކަމެއް ނެތް، ދައުރެއް ނެތް."
އެހެންވެ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މެމްބަރުން ފުލުހަށް ހާޒިރުކޮށް، ދައުވާތައް ކުރުން ފަދަ ކަންކަން ކުރުމުގެ އެއްވެސް ހައްގެއް ނެތް ކަމަށް އިންތި ވިދާޅުވި އެވެ.
"ތި ބޭފުޅުންގެ ދައުރެއް ނެތް މަޖިލީހުގައި ހިނގާ ކަންތައްތަކާ. ފުލުހުންގެ ދައުރަކީ ރާއްޖެ އަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުން. ޕީޖީގެ ކަމަކީ ވަކި އަތަކަށް ނުޖެހި މިނިވަންކަމާ އެކު ދައުވާ އުފުލުން. އަދި އަނބުރާ ފޮނުވާލާ ދައުވާތައް ގެންގޮސް އަލުން ދައުވާތައް ކުރުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި މުއައްސަސާތަކުން ކުރާ ނޭއްގާނީ ކަންކަމާ ހެދި އެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލެ އެވެ.
"އިތުބާރެއް އޮންނަން އެބަޖެހޭ. ކުރަން އުޅެނީ ކީއްކަމާ މެދު ރައްޔިތުންގެ އިތުބާރެއް އޮންނަން ޖެހޭ. ތިމާގެ ނަފުސާ މެދު ވާނެ ގޮތެއް އެނގެން ޖެހޭ. މިއަދު މިކަން ކުރީމާ މާދަމާ އެކަން އޮންނާނެ ކަމުގެ ޔަގީންކަން އޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"މިއަދު ވަކި ގޮތެއް ހަދާފައި މާދަމާ އަނެއް ގޮތެއް ހެދުމުގެ އިހުތިޔާރެއް ނެތް ދައުލަތުގެ ތި މުއައްސަސާތަކަށް."
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު - ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު - މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ - ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ - ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު - ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު - މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) - ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ - އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ)
އިންތި ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރަން އެންމެން ގުޅިގެން ނުކުންނަން ޖެހެނީ އެފަދަ ސަބަބުތަކާ ހެދި ކަމަށެވެ.
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރު ދިފާއުކުރަން:އިންތި
29 މެމްބަރުންގެ ސޮޔާއެކު ޖަލްސާ ބާއްވަން ހުށަހަޅަނީ
ރޮޒައިނާގެ ބަހުގެ ހަމަލާތަކެއް އާޒިމާ އަށް
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު