Roadha Mihaaru

އިލްހާމްގެ ހަތަރު ކޮއްކޮ މަގާމުން ވަކިކޮށްފި

ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ހަތަރު ކޮއްކޮ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފި އެވެ.

އިލްހާމްގެ ހަތަރު ކޮއްކޮ މަގާމުން ވަކިކޮށްފި

ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ހަތަރު ކޮއްކޮ ސަރުކާރުގެ މަގާމުތަކުން ވަކިކޮށްފި އެވެ.

އިލްހާމްގެ އާއިލާގެ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގާމުތަކުން ވަކިކުރީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާދިލާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފާއި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިސްމާއިލް އިޒްހާން އަދި އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހުސައިން މައުރޫފެވެ.

އިލްހާމް ޖުމްހޫރީ ޕާޓީގައި ހުންނެވިއިރު ވެސް އެ މަގާމުތަކުގައި ތިއްބެވި މި ހަތަރު ބޭފުޅުން ސަރުކާރުން ވަކިކުރެއްވީ ސިޔާސީ ގޮތުން އިލްހާމް އެޅުއްވި ފިޔަވަޅާ ގުޅިގެން ކަމަށް އާއިލާ އިން ބުނެ އެވެ.

އިލްހާމް މިއަދު ޕީޕީއެމުން ވަކިވި އިރު، އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެ ޕާޓީން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.