Roadha Mihaaru
އިސްލާމީ މަރުކަޒުގެ އިމާމުކަން ޝެއިޚް ނަސްރުﷲ އަލީއަށް

އިސްލާމީ މަރުކަޒުގެ އިމާމުކަން ޝެއިޚް ނަސްރުﷲ އަލީ އަށް

08 އެޕްރީލް 2019

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް، ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް، ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.

ދީނީ އިލްމުވެރިޔާ ޑރ. ސައުދުﷲ އަލީގެ ކޮއްކޯފުޅު ނަސްރުﷲ މީގެ ކުރިން ވަނީ ގުރުއާނާއި އިސްލާމީ އިލްމު އުނގަންނައި ދެއްވުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އަދި އޭނާ އަކީ މިސްރުގެ އަޒްހަރު ޔުނިވަސިޓީން، އިސްލާމިކް ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ރައީސް ވަނީ މިދިޔަ ޑިސެމްބަރު މަހު ވެސް ބޭފުޅަކު ހަމަޖައްސަވައިފަ އެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި އޭރު ހަމަޖެއްސެވީ ޝައިޚް އިބްރާހީމް ރަޝީދު ހަސަން އެވެ.