Roadha Mihaaru
ކްރިމިނަލް ކޯޓު ހިންގުން އާދަމް އާރިފްއާ ހަވާލުކޮށްފި

ކްރިމިނަލް ކޯޓު ހިންގުން އާދަމް އާރިފްއާ ހަވާލުކޮށްފި

11 ޖުލައި 2017

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް އާރިފްއާ ސުޕްރީމް ކޯޓުން މިއަދު ހަވާލުކޮށްފި އެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް އާރިފްއާ ސުޕްރީމް ކޯޓުން މިއަދު ހަވާލުކޮށްފި އެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އާދަމް އާރިފްއާ މި ހަވާލުކުރީ، އެ ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނިންމުމުންނެވެ.

ބާރީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ފެމިލީ ކޯޓަށް ބަދަލުކުރުމަށް ވެސް ޖޭއެސްސީން ރޭ ވަނީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލުކުރި އާދަމް އާރިފަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރާ ތިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ރޭ ގޮތެއް ނިންމަން ކަނޑައެޅި ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ދެން އެ ބެންޗުގައި ތިއްބެވީ ބާރީ އާއި ޝަކީލް އެވެ.

ގާސިމްގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ރޭ 7:00 ގައި ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. ނަމަވެސް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ފަހުން މީޑިއާގައި ބުނީ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ، އެ ޝަރީއަތް މިއަދަށް ފަސްކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.