Roadha Mihaaru
މާޅޮހާއި މިލަންދޫ، ކުޑަހުވަދޫ އަދި ތިނަދޫ ލީގަށް

މާޅޮސް، މިލަންދޫ، ކުޑަހުވަދޫ އަދި ތިނަދޫ ޕްރިމިއާ ލީގަށް

14 ޖުލައި 2017

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށް އއ. މާޅޮސް، ށ. މިލަންދޫ، ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށް އއ. މާޅޮސް، ށ. މިލަންދޫ، ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދައިފި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ގްރޫޕް އޭ އެއް ވަނައިގައި އޮތް މިލަންދޫ އާއި ދެ ވަނައިގައި އޮތް މާޅޮސް އަދި ތިން ވަނައިގައި އޮތް އޭދަފުށްޓައް ވެސް ލިބިފައިވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. މިލަންދޫ އާއި މާޅޮސް އަށް ފައިދާ ލަނޑުން ކުރި ލިބުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ވަނީ ކަޓައިފަ އެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ކުޅުދުއްފުށި ނިންމާލީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ތިނަދޫގައި ކުރިއަށްދިޔަ ގްރޫޕް ބީގެ އެއް ވަނަ ދިޔައީ ކުޑަހުވަދޫ އެވެ. ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅޭ ކުޑަހުވަދޫން ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ތިނަދޫ އަށް ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ މިިިދިޔަ އަހަރުގެ ރަނަރަޕް ތ.ތިމަރަފުށްޓެވެ. އެ ޓީމަށް ލިބުނީ ދެ ޕޮއިންޓެވެ. ފުލުގައި އޮތް 2015 ވަނަ އަހަރުގެ ޗެމްޕިއަން ސ.ފޭދޫ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރާޢްޖޭގެ ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ގެނެވުނު ބަދަލާ އެކު މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި އަތޮޅުތަކުގެ ބައިވެރިވުން އެންމެ ބޮޑު ފަހަރެވެ.

އެސްޓީއޯ މާލޭ ލީގުން މިހާތަނަށް ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކޮށްފައިވާ ދެ ޓީމަކީ ނިއު އާއި މާޒިޔާ އެވެ. އަނެއް ދެ ޖާގަ އަށް ވާދަކުރަނީ ގްރީން ސްޓްރީޓްސް، އީގަލްސް، ޓީސީ އަދި ވިކްޓަރީ އެވެ.

ޕްރިމިއާ ލީގު ފަށަން ތާވަލްކޮށްފައިވަނީ އަންނަ މަހު 4 ވަަނަ ދުވަހު އެވެ.