މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
21 ޖޫން 2017
މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
ފަހު ބުރު ބާއްވަން ހަ ރަށަކުން ވަނީ ބިޑްކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ފަހު ބުރު ބޭއްވި ދެ ރަށް ކަމަށްވާ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގެ އިތުރުން ސ. ފޭދޫ، ބ. އޭދަފުށި، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުއްޓެވެ.
އެފްއޭއެމުން ބުނީ ފަހު ބުރު ބާއްވާނެ ދެ ރަށެއް ކަނޑައެޅީ މެޗުތަކާއި ޓީމުތަކުގެ އިންތިޒާމްގެ ކަންތައްތައް އެންމެ ރަނގަޅަށް ހަމަޖެއްސުމަށް ޕްރޮޕޯސަލްގައި ރަށްރަށަށް ބަލައިގެން ކަމަށެވެ.
ކުޅުދުއްފުށީގައި ވަނީ 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެފަ އެވެ. އެ ފަހަރު ކުޅުދުއްފުށީ ފަޅީގައި އޮތް ގްރޫޕުގައި ވާދަކުރީ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބެވެ.
އަންނަ މަހު ފަސް ވަނަ ދުވަހު ފަށަން ނިންމާފައިވާ މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި، ހދ. ކުޅުދުއްފުށި، ތ. ތިމަރަފުށި، ށ. މިލަންދޫ، އއ. މާޅޮސް، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ސ. ފޭދޫ އެވެ.
ރާޢްޖޭގެ ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ގެނެވުނު ބަދަލާ އެކު މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދި ސ. ފޭދޫ ޓީމަށް މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ދީފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓަށް މި އަހަރުގެ ފުރުސަތު ނުދިނީ ފޯމެޓަށް ގެނައި ބަދަލުގެ ސަބަބުންނެވެ.
ކުޅުދުއްފުށި/ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް
ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް
އޭދަފުށި، ތިމަރަފުށި، ކުޑަހުވަދޫ އަދި ފޭދޫ ސެމީ އަށް
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
މާޅޮހާއި މިލަންދޫ، ކުޑަހުވަދޫ އަދި ތިނަދޫ ލީގަށް
ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި
ތާރީހީ ފައިނަލަކަށް ތިމަރަފުށްޓާއި އޭދަފުށި ތައްޔާރު!
ފައިނަލުގެ ފަހު ޖާގަ ތިމަރަފުށްޓަށް
އޭދަފުއްޓަށް ހުއްޓުމެއް ނެތް، ޔަގީންކުރީ ދެވަނަ ބުރު
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ