Roadha Mihaaru
ރީޖަނަލް ޔޫތު ލީޑާޝިޕް ޕްރޮގްރާމް ކުޅުދުއްފުށީގައި

ޔޫއެންޑީޕީގެ ރީޖަނަލް ޔޫތު ލީޑާޝިޕް ޕްރޮގްރާމް ކުޅުދުއްފުށީގައި ބާއްވައިފި

15 ޖުލައި 2017

ޔޫއެންޑީޕީގެ ފުރަތަމަ ރީޖަނަލް ޔޫތު ލީޑާޝިޕް ޕްރޮގްރާމް ދިރާގާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

ޔޫއެންޑީޕީގެ ފުރަތަމަ ރީޖަނަލް ޔޫތު ލީޑާޝިޕް ޕްރޮގްރާމް ދިރާގާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބާއްވައިފި އެވެ.

އދ. ގެ ތަރައްގީގެ ޕްރޮގްރާމްތައް ހިންގާ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި މިދިޔަ އާދީއްތަދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ހދ. އަތޮޅުން 13 މީހަކު ބައިވެރިވި ކަމަށެވެ.

ޔޫއެންޑީޕީން ބުނީ ކުރިން ޑިމޮކްރަސީ ހައުސްއާ ގުޅިގެން އެ ޕްރޮގްރާމް ހިންގީ އަހަރަކު އެއް ފަހަރު ކަމަށެވެ. އަދި ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ޔޫތު ލީޑަރުންގެ ގޮތުގައި ތަމްރީނުވި ވަރަށް ގިނަ ބަޔަކު ބައިވެރިވި ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ހިންގާ ޔޫތު ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޝަނެއް ނަގައިދެނީ: ފޮޓޯ: ޔޫއެންޑީޕީ

ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ހިންގާ ޔޫތު ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޝަނެއް ނަގައިދެނީ: ފޮޓޯ: ޔޫއެންޑީޕީ

ޔޫއެންޑީޕީން ބުނިގޮތުގައި މިފަހަރުގެ ޕްރޮގްރާމް ހާއްސަކުރީ ރަށްރަށުގައި މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްނަގައިގެން ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެ ޕްރޮގްރާމްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އަމަލީ ގޮތުން ބައެއް ހަރަކާތްތަކުގައި އެ މީހުން ބައިވެރިކުރި އެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ބައެއް ކަންތައްތައް ކުރިޔަށްގެންދާނެ ގޮތް ދަސްކޮށްދިނުމުގެ ހަރަކާތެއް ދިރާގުން ކުރިޔަށް ގެންދިޔަ އެ ޖަމާއަތުން ބުންޏެވެ.

ޔޫއެންޑީޕީން ބުނީ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ފެއްޓުމުގެ ބޭނުމަކީ ސަރުކާރުގެ އިދާރީ ހިންގުމުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ.