ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިޔުކޭޝަން (ސެން) ޔުނިޓަށް ދިރާގުން އެހީވެއްޖެ އެވެ.
26 އޮކްޓޯބަރ 2022
ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގެ ސްޕެޝަލް އެޑިޔުކޭޝަން (ސެން) ޔުނިޓަށް ދިރާގުން އެހީވެއްޖެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގުރާމުގެ ދަށުން އެ ސްކޫލަށް ހަދިޔާކުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ފަރުނީޗަރާއި ޖިމް ބޯޅައިގެ އިތުރުން އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތަކެކެވެ.
ދިރާގުން އެ ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. އަދި އެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން، ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި އެ ސްކޫލް މެނޭޖްމަންޓާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޑައިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ކުޑަކުދިންނަށް ހާއްސަކޮށް ތައުލީމީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން އިސްކަން ދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އެ ކުންފުނިން އަހައްމިޔަތުކަން ދޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި މޭޔަރު އާތިފް ވިދާޅުވީ، ތައުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަގުބަލަށް ކުރާ އިންވެސްޓްމެންޓެއް ކަމަށެވެ. އަދި ދިރާގުން ހަދިޔާކުރި ވަސީލަތްތަކުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ދެމެހެއްޓެނިވި ފައިދާވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވެސް ވަނީ އެ ވަސީލަތްތަކާއި އެކު އެ ސްކޫލުގެ ސެން ޔުނިޓު އިތުރަށް ތަރައްގީވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ތަކެތި ހަދިޔާކުރުމާއި މާލީ އެހީތެރިކަން ރާއްޖޭގެ އެކި ސްކޫލުތަކަށް ފޯރުކޮށްދެމުންނެވެ.
އޭ ލެވެލްގައި ޖަލާލުއްދީން ސްކޫލަށް ރަން އަހަރެއް
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ
ކުޅުދުއްފުށީގައި "ގާލްސް ޓު ކޯޑު" ޕްރޮގްރާމް ފަށައިފި
ކުޅުދުއްފުށި ހޮސްޕިޓަލްގެ ޓެލެފޯން ވިއުގަ ވަރުގަދަކުރަނީ
ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް ކުޅުދުއްފުޓަށް
ރީޖަނަލް ޔޫތު ލީޑާޝިޕް ޕްރޮގްރާމް ކުޅުދުއްފުށީގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް