Roadha Mihaaru
ޔާމީންގެ މަރުގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންނަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވައިފި

20 ޖުލައި 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހިމެނޭ ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހިމެނޭ ހިމެނޭ މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ދައުވާކޮށްދިނުމަށް ފޮނުވާފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި އެއީ ކޮން ދައުވާއެއް ކަމެއް ނުބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

އަނިޔާވެރި ގޮތަކަށް މިިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މަރާލި ބްްލޮގާ ޔާމީންގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ތިން މީހުންގެ މައުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފަ އެެވެ. އެއީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް އެވެ.

ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.