އީޕީއެސް ސްކޫލު ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ކުރިމަތިލާފައިވަނީ ތިން ފަރާތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
23 ޖުލައި 2017
އީޕީއެސް ސްކޫލު ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ކުރިމަތިލާފައިވަނީ ތިން ފަރާތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބިލަންބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް އެ އިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ، މިނިސްްޓްރީން ވަނީ އެތަނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ކުރިން ވެސް އިއުލާނުކޮށްފަ އެވެ. ނަމަވެސް އެފަހަރު ތިން ފަރާތަކުން ކުރިމަތިލާފައި ވަނިކޮށް އިއުލާނު ބާތިލްކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިން ފުރުސަތުގައި ވެސް ތިން ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރު އިއުލާނާ ގުޅިގެން ހަ ފަރާތަކުން ބިޑް ފޮތް ގަތް ކަމަށެެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ ތިން ފަރާތަކުންނެވެ. ނަމަވެސް ކުރިމަތިލި ފަރާތްތަކުން ނަންތަކެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައިލެންޑާސް ނޫން ބަޔަކު ސްކޫލު ހިންގަން ހަވާލުވި ނަމަވެސް މިހާރު ބިލަބޮންގް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށެވެ.
އީޕީއެސް އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް