Roadha Mihaaru
އީޕީއެސް އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް

އީޕީއެސްއެސްގެ އިމާރާތް 25 އަހަރަށް ހިންގަން އައިލެންޑާސްއާ އެކު ސޮއިކޮށްފި

23 މެއި 2018

އީޕީއެސް ސްކޫލް ކުރިން ހިންގި އިމާރާތް އައިލެންޑާސް އެޑިއުކޭޝަނަށް 25 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އީޕީއެސް ސްކޫލް ކުރިން ހިންގި އިމާރާތް އައިލެންޑާސް އެޑިއުކޭޝަނަށް 25 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެ އިމާރާތުގައި ބިލަބޮންގް ސްކޫލް މިހާރު ވެސް ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ، އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް 25 އަހަރަށް ވެސް އީޕީއެސް އިމާރާތުގައި ބިލަބޮންގް ސްކޫލް ހިންގާނެ ކަމަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އައިލެންޑާސް އިން ސޮއިކުރެއްވީ ޗެއާމަން އަބްދުއްރަޝީދެވެ.

އީޕީއެސް ހިންގި އިމާރާތުުގަައިި ބިލަބޮންްގް ސްކޫލް މިހާތަނަށް ހިންގަމުން އައީ އީޕީއެސްއެސްގެ ފައުންޑަރުންނާއި އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންވެ، ބިލަބޮންގް ސްކޫލް ހިންގުމުގައި އައިލެންޑާސް އެޑިއުކޭޝަނުން ހަރަކާތްތެރި ވަނީ އީޕީއެސްއެސްގެ ފައުންޑަރުންނާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އިމާރާތް އީޕީއެސްއެސްގެ ފައުންޑަރުންނަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ އަހަރު އިއުލާން ކޮށްފަ އެވެ. އެ އިއުލާންގެ މުއްދަތު ހަމަވިއިރު، އެކަމަށް ކުރިމަތިލިން ތިން ފަރާތުގެ ތެރެއިން ބީލަން ކާމިޔާބު ކޮށްފައި ވަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ.

އީޕީއެސްއެސް ހިންގި އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް ކުއްޔަށް ދިން އިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތައުލީމީ ގޮތުން އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" ވެސް ރާއްޖޭގައި ހުޅުވަން އައިލެންޑާސް އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.