26 ޖުލައި 2017
މަޖިލިސް މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އިދިކޮޅު މެމްބަރުން ކަންބޮޑުވުންތައް އޮއްސަމުން ދަނިކޮށް ކޯޓުން ވަނީ އެ މައްސަލާގައި އިތުރު އަމުރެއް ނެރެ، ސުވާލު އުފައްދަމުން ދިޔަ ކަންކަން އޮތް ގޮތް ސާފުކޮށްދީފަ އެވެ.
މަޖިލިސް މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އިދިކޮޅު މެމްބަރުން ކަންބޮޑުވުންތައް އޮއްސަމުން ދަނިކޮށް ކޯޓުން ވަނީ އެ މައްސަލާގައި އިތުރު އަމުރެއް ނެރެ، ސުވާލު އުފައްދަމުން ދިޔަ ކަންކަން އޮތް ގޮތް ސާފުކޮށްދީފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ކޯޓުން ކުރި ހުކުމުގެ އުސޫލުތައް، ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް "ރެޓްރޯސްޕެކްޓިކޮށް" ނުހިންގޭނެ އެވެ. މާނައަކީ ހުކުމުގެ ކުރިން ޕާޓީ ބަދަލުކުރި އަދި ޕާޓީން ވަކިވި މެމްބަރުންގެ މައްޗަށް އެ ހުކުމުގެ އުސޫލެއް ނުހިނގާނެ ކަމެވެ.
ގޮނޑި ގެއްލުމުގެ ބިރުވެރިކަމުގައި ތިއްބެވި މެމްބަރުންނަށް އެ އަމުރާ އެކު "ހަމަޖެހުމުގެ ނޭވާއެއް" ލެއްވުނެވެ. އެކަމަކު ކުއްލިއަކަށް އައީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމެކެވެ. ހުކުމުގެ ކުރިން ޕީޕީއެމުން ވަކިކުރި އަދި ވަކިވި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން އިއުލާން ކުރީ އެވެ. އޭގެ ފަހުން ވެސް އެހެން ދެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމި އެވެ. އެއީ ވެސް ހުކުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ދަނގެތީ ދާއިރާގެ އަހުމަދު އިލްހާމް އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
ކޮމިޝަނުން އެގޮތަށް ނިިންމީ ސުޕްރީމް ކޯޓުގެ ހުކުމާ ހަވާލާ ދިނުމަށް ފަހު ކަމަށް ވިޔަސް ކޮމިޝަންގެ ކުއްލި މި ނިންމުމާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. މިއީ ހަގީގަތުގައި ވެސް ސުޕްރީމް ކޯޓުގެ ހުކުމާއި އޭގެ ފަހުން ނެރުނު އަމުރާ އެއްގޮތަށް ކޮމިޝަނުން ނިންމި ނިންމުމެއްތޯ ސުވާލު އުފެދެ އެވެ.
ފުރަތަމަ ކަމަކީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހަ މެމްބަރުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން ވަކިވިވެވަޑައިގެންފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ހިނގައި، ނިމިފައިވާ ކަންކަމުގެ މައްޗަށް އެ ހުކުމް ނުހިނގާނެތީ އެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތެއް ނެތެވެ.
ދެވަނަ ކަމަކީ ގޮނޑި ގެއްލުނު ހަ މެމްބަރުންގެ ތެރެއިން އިލްހާމާއި ލަތީފަކީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ހޮވުނު މެމްބަރުންނެއް ނޫނެވެ. އިލްހާމް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ މާ ފަހުންނެވެ. އެހެންވުމުން ޕީޕީއެމުން އޭނާ ވަކިވެވަޑައިގަތުމުން ގޮނޑި ގެއްލެން ޖެހޭ ސަބަބެއް ވެސް، ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު، ނެތެވެ. ސުޕްރީމް ކޯޓުގެ ހުކުމް ބުނާ ގޮތުން ގޮނޑި ގެއްލޭނީ މަޖިލީހަށް އިންތިޚާބު ވީއިރު ހުރި ޕާޓީން ވަކިވުމުންނެވެ.
ލަތީފަކީ އަމިިއްލަ ހައިސިއްޔަތުން ވާދަކުރެއްވި ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހޮވޭ މެމްބަރުންނާ މެދު ވަކި އެއްޗެއް ބުނެފައެއް ނެތެވެ. ހުކުމުގައި އޮތީ ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ހޮވޭ މެމްބަރުންގެ ވާހަކަ އެވެ. އެހެންވުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ދެން ތިބި މެމްބަރުންނަށް ވުރެ، ލަތީފްގެ ގޮނޑި ނުގެއްލޭނެ ކަމަށް ބެލުމުގެ ޖާގަ ވަކިން ބޮޑެވެ.
ހަ މެމްބަރުން ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުމުގެ މާ ބޮޑު ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. އެތައް ހާސް ރައްޔިތުންނެއް ތަމްސީލުކުރައްވާ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ކޮމިޝަނުން ނެރުނީ އާދައިގެ ބަޔާނެކެވެ. ހުކުމުގެ ކުރިން ޕާޓީން ވަކިވެފައި ނުވަތަ ވަކިކޮށްފައި ތިބި މެމްބަރުންތަކެއް، ހުކުމުގެ އުސޫލުތަކުގެ ތެރެއަށް ފެއްތީ ކިހިނެއް ކަމެއް ނުވަތަ ކޮން ސަބަބަކާ ކަމެއް ވެސް ކޮމިޝަންން ރައްޔިތުންނަށް ސާފުކޮށްދީފައެއް ނެތެވެ.
އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް---މިހާރު ފޮޓޯ/ހުސެއިން ވަހީދު
މިހާތަނަށް އާންމުވި މައުލޫމާތުތަކަށް ބަލާއިރު ކޮމިޝަނުން އެގޮތަށް ނިންމީ ސިޔާސީ ޕާޓީތަކުގެ ގަވާއިދު 2013 އަށް ރިއާޔަތްކޮށްފަ އެވެ. އެ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ޕާޓީން ވަކިވާން އެ ޕާޓީއެއްގައި އެދިއްޖެ ނަމަ އެ މެމްބަރަކު ޕާޓީން ވަކިކޮށް ނުދީ ހިފަހައްޓަން 14 ދުވަހުގެ މުއްދަތެއް ލިބެ އެވެ. ކޮމިޝަނުން އެ މެމްބަރަކު އެ ޕާޓީން ވަކިކޮށްދޭނީ 14 ދުވަހުގެ ތެރޭގައި ޕާޓީން އެކަން ކޮށް ނުދިނުމުން އެ މެމްބަރަކު އެކަން ކޮމިޝަނަށް ހުށަހެޅުމުންނެވެ.
އެކަމަކު ސިޔާސީ ޕާޓީގެ ގާނޫނުގައި މާ ސާފުކޮށް ބުނެފައި އޮންނަ އެހެން ވާހަކައެއް އޮވެ އެވެ. އެއީ ކުރިން ޕާޓީއަށް އެންގުމަކާ ނުލާ ވެސް ޕާޓީން ވަކިވުމުގެ ހައްގު މެމްބަރުންނަށް ލިބުމެވެ. ގަވާއިދަށް ވުރެ ގާނޫނުގެ ބާރު ގަދަވާނެ އެވެ.
ގޮނޑި ގެއްލުނު މެމްބަރުން ޕާޓީން ވަކިކޮށްދޭން އެދި ފޮނުވި ސިޓީތައް ކޮމިޝަނަށް ލިބުނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ދެތިން ދުވަސް ކުރިން ކަމަށްވެފައި، ގަވާއިދުގައި ބުނާ 14 ދުވަހުގެ ފަހުން، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އެ މެމްބަރުން ޕާޓީން ވަކިކޮށް ދިނުމުން އެ މެމްބަރުން ވެސް ހުކުމުގެ އުސޫލުތަކުގެ ތެރެއަށް ވަންނާނެ ކަމަށް ކޮމިޝަނުން ގަބޫލުކުރާ ކަމަށް އެނގިފައިވެ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ އަމުރަށް ބަލާއިރު، ކޮމިޝަންގެ މި ނިންމުމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ވަރަށް ބޮޑެވެ.
"ވަކިވާން ސިޓީ ފޮނުވީމަ ވަކިވީ އެ ހިސާބުން. ރައީސުލް ޖުމްހޫރިއްޔާ ވެސް އިސްތިއުފާގެ ސިޓީ ފޮނުއްވީމަ އެ ހިސާބުން މަގާމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގައި އެ އޮތީ. ޕާޓީއަކީ އެ މީހެއްގެ ރުހުމުގައި ހުންނަ ތަނެއް. އެއާ ޚިލާފަށް މީހަކު ޕާޓީއެއްގައި ހިފެހެއްޓުމަކީ ކުށެއް،"
އެ އަމުރުގައި ސާފުކޮށް ބަޔާން ކޮށްފައިވަނީ "ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމް ކުރި ތާރީޚުގެ ކުރިން ވުޖޫދު ވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖްރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ، އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތާ ގުޅިފައިވާ އިޖްރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޒިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީ އަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަތުބީގު ނުވަތަ ތަންފީޒު ކުރުން ހުއްދަ ކުރެވިފައިނުވާ" ކަމަށެވެ.
އަމުރުގެ މި އިބާރާތުން މައިގަނޑު ދެ ކަމެއް ސާފުވެ އެވެ. އެއް ކަމަކީ ހުކުމުގެ އުސޫލުތައް، މާޒީގައި ހިނގައި ނިމިފައިވާ ކަންކަމަށް ނުހިނގާނެ ކަމެވެ. ދެވަނަ ކަމަކީ ހުކުމުގެ ކުރިން ހިނގަން ފެށުނު ހާލަތްތަކުގެ މައްޗަށް ވެސް އެ ހުކުމުގެ އުސޫލުތައް ނުހިނގާނެ ކަމެވެ.
މާނައަކީ، މިސާލަކަށް މެމްބަރަކު ޕާޓީން ވަކިކުރަން ޕާޓީއަކުން ނިންމީ ހުކުމުގެ ކުރިން ކަމަށް ވެފައި، އެކަމަކު އެ މެމްބަރު ޕާޓީގެ ދަފްތަރުން ވަކިކޮށްދޭން އެ ޕާޓީއަކުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަންގައި އެދުނީ ހުކުމް އައި ފަހުން ކަމަށް ވިޔަސް އެ ހުކުމުގެ އުސޫލެއް އެ މެމްބަރެއްގެ މައްޗަށް ނުހިނގާނެ ކަމެވެ. ސަބަބަކީ އެ މެމްބަރު ވަކިކުރުމުގެ އިޖްރާއަތު ފެށުނީ އެ ހުކުމުގެ ކުރިން ކަމަށް ވާތީ އެވެ. ގާނޫނީ ބައެއް ބޭފުޅުން ވެސް ދެކެވަޑައިގަންނަވަނީ އެެގޮތަށެވެ.
ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ނަޝީދު ކޮމިޝަންގެ އެ ނިންމުމާ ބެހޭ ގޮތުން އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕާޓީއަކުން ވަކިވުމުގެ ނުވަތަ ވަކިކުރުމުގެ "އިޖްރާއަތު ފެށިފައިވާ" މެމްބަރުންގެ މައްޗަށް އެ ހުކުމުގެ އުސޫލުތައް ނުހިނގާނެ ގޮތަށް މާނަ ކުރަން ޖެހެ އެވެ.
"މީހެއްގެ ދުސްތޫރީ ނުވަތަ ގާނޫނީ ހައްގަކަށް އަސަރު ކުރާނެ އުސޫލެއް ތަންފީޒުކުރާ މީހާ ނުވަތަ ބަޔަކު އެ އުސޫލެއް މާނަކުރަންވާނީ ހައްގަށް އުނިކަން އަންނަ ބައި ވީހާ ވެސް ހަނިކޮށް، ހައްގުގެ މަންފާ ލިބޭ ބައި ވީހާ ވެސް ފުޅާކޮށް އެ އުސޫލުގެ ދަށުވާން ދާ މީހާ އަށް ވެސް އެ އުސޫލުގެ މަންފާ އެންމެ ބޮޑަށް ލިބޭ ގޮތަށެވެ،" ކުރިން ލީގަލް ރިފޯމް މިނިސްޓަރު ކަން ވެސް ކުރެއްވި ނަޝީދު ލިޔުއްވާފައިވެ އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ދެކެވަޑައިގަންނަވަނީ އެގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީއަކުން މެމްބަރަކު ވަކިވާން ހުށަހަޅައިފި ނަމަ އެ ހިސާބުން އެ މެމްބަރަކު ވަކިކޮށްދޭން ޖެހޭނެ އެވެ. ވަކިވާން ސިޓީ ފޮނުވާ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ހަ މެމްބަރުން ވެސް ޕާޓީން ވަކިކޮށް ނުދީ ހިފެހެއްޓޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ވަކިވާން ސިޓީ ފޮނުވީމަ ވަކިވީ އެ ހިސާބުން. ރައީސުލް ޖުމްހޫރިއްޔާ ވެސް އިސްތިއުފާގެ ސިޓީ ފޮނުއްވީމަ އެ ހިސާބުން މަގާމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގައި އެ އޮތީ. ޕާޓީއަކީ އެ މީހެއްގެ ރުހުމުގައި ހުންނަ ތަނެއް. އެއާ ޚިލާފަށް މީހަކު ޕާޓީއެއްގައި ހިފެހެއްޓުމަކީ ކުށެއް،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހަ މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު އެ މެމްބަރުންނަށް މަގާމު ޒިންމާ ވެސް އަދާކުރެއްވޭނެ އެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވަނީ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމެވެ.
"ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި އެ އޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓުން ކަމަށް ގޮތެއް ނިންމާނީ. އެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ. ސުޕްރީމް ކޯޓުން ގޮތެއް ނިންމާނީ. ސުޕްރީމް ކޯޓުން ގޮތެެއް ނިންމަންދެން އެ މެމްބަރުންނަށް މަގާމުގެ ޒިންމާ އަދާކުރެވެން ޖެހޭނެ،" ސުއޫދު ވިދާޅުވި އެވެ.
"ކޮންމެހެން އެކަމަށް ސުޕްރީމް ކޯޓުން ވަކި އަމުރެއް ނުނެރުނަސް، ގާނޫނު އަސާސީގެ 74 ވަނަ މާއްދާ އޮތް ގޮތުން އެ މެމްބަރުންނަށް ޒިންމާ އަދާކުރެއްވޭނެ ކޯޓުން ގޮތެއް ނިންމަންދެން،" ސުއޫދު ވިދާޅުވި އެވެ.
ރައްޔިތުން ހޮވާފައި ތިބި ދައުލަތުގެ އެއް ބާރުގެ މެމްބަރުންތަކެއްގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަކީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފެނުނީ ސުވާލު އުފެދޭ ފަދަ ގޮތަކަށް ނިންމުންތައް ނިންމި ތަނެވެ. އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލަ މިހާރު އެ އޮތީ ސުޕްރީމް ކޯޓުގަ އެވެ. ދެން އޮތީ އެ ކޯޓުން ނިންމާނެ ގޮތަކަށް އިންތިޒާރު ކުރުމެވެ.
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
މުއުތަސިމާއި ސުއޫދު އައްޔަންކުރުން ކޮމިޓީ އަށް
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"
ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބާނަން: އީސީ
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި