މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހީމް އަމިއްލަ އަށް ރާގުތައް ހަދައިގެން ފުރަތަމަ މަދަހަ ސީޑީ ނެރެން ތައްޔާރުވެއްޖެ އެވެ. މިއީ މި ފަހަރުގެ އީދު ހަދިޔާއެއްގެ ގޮތުގައި ނެރޭ ސީޑީއެކެވެ.
26 ޖޫން 2016
މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހީމް އަމިއްލަ އަށް ރާގުތައް ހަދައިގެން ފުރަތަމަ މަދަހަ ސީޑީ ނެރެން ތައްޔާރުވެއްޖެ އެވެ. މިއީ މި ފަހަރުގެ އީދު ހަދިޔާއެއްގެ ގޮތުގައި ނެރޭ ސީޑީއެކެވެ.
ހަތް މަދަަ ހިމެނޭ އަދި "ހިދާއީ ނޫރު" ގެ ނަން ދީފައިވާ މި ސީޑީގެ މަދަހަތައް ހައްދަވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައުޔޫމާއި އުތީމު އާދަމް އަބްދުއްރަހުމާނާއި އާދަމް ނަސީރު އިބްރާހީމްގެ އިތުރުން ހަސަން ޝާކިރު މުހައްމަދެވެ.
އެެއްވެސް މިއުޒިކެއް ނެތި މުޅިން ވެސް ޝަލަބީގެ އަޑުން ކިޔާފައިވާ މަދަހަތައް ހިމެނޭ "ހިދާއީ ނޫރު" ރެކޯޑްކޮށް މާސްޓަ ހަދައިފައި ވަނީ ހުސައިން ސޮބާހްގެ އިލެވެން އިލެވެން ސްޓޫޑިއޯ އިންނެވެ. އަދި ބައެއް މަދަހަތަކުގެ ކޯރަސްގައި ގިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ޝަލަބީގެ ޓީމުން ބުނީ މިއީ އޭނާގެ ފުރަތަމަ ސީޑީ އަށް ވާތީ އާންމުންނާ ހަމައަށް އެ ދޫކޮށްލާނީ މުޅިން ހިލޭ ކަމަށެވެ.
ޝަލަބީގެ މަދަހަ ސީޑީ "ހިދާއީ ނޫރު" ގެ ކަވަރު.
"މިއީ އަޅުގަނޑުގެ ފުރަތަމަ އަލްބަމް ކަމަށް ވާތީ އަޅުގަނޑު ގަސްދުކުރަނީ މި މަދަހަ ސީޑީ ހިލޭ ބަހަން،" ޝަލަބީ ބުންޏެވެ. "މަދަހަ ސީޑީއެއް ތައްޔާރު ކުރުމަކީ ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާ ކަމެއް. އެހެން ނަމަވެސް ހެޔޮއެދޭ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާ އެކު އަޅުގަނޑު މި މަސައްކަތް ކުރަނީ ހިދާއީ ނޫރު މަދަހަ ސީޑީ ހިލޭ ބަހަން."
އެހެން ނަމަވެސް "ހިދާއީ ނޫރު" ލޯންޗް ކުރާނެ ވަކި ތާރީހެއް އަދި ނުނިންމަ އެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި ލޯންޗިން ބޭއްވޭތޯ ޝަލަބީގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މަދަހަ ސީޑީގެ ޕްރޮޑަކްޝަން މެނޭޖަރު އަބްދުﷲ ޝަފީގު ބުނީ މަދަހަ ސީޑީ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތައްޔާރީތައް މިހާރު ކުރިޔަށްދާ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީއަކީ މިހާރު އާންމުން މެދުގައި ވަރަށް މަގުބޫލް ފަންނާނެކެވެ.
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ
ޝަލަބީ އާއި ޝިފާ ކައިވެނިކޮށްފި
ޝަލަބި އާއި ރާފިޔަތާ އެކު "ދޮންވެލި ތުނޑި" އަށް
ޝަލަބީގެ "ހިދާއީ ނޫރު 2" ނެރެފި
ޝަލަބީ: އިމާމެއް، ޓީޗަރެއް، ސޭލްސް ބޯއީއެއް!
ޝަލަބީގެ "އާދޭސް" ވަރަށް މަޑުމައިތިރި
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައަކީ "އާދޭސް"
އާޓިސްޓުންގެ މަސައްކަތަށް އަގު ލިބޭނެ؟
ޕަވަންދީޕް އާއި އަރުނިތާގެ ޝޯއެއް ހުޅުމާލޭގައި