Roadha Mihaaru
އެފަލް އަށް 8.7 ބިލިޔަން ޑޮލަރުގެ ފައިދާއެއް

އާ ޕްރޮޑަކްޓްތަކުގެ ޑިމާންޑް ރަނގަޅުވެ، އެޕަލްގެ ފައިދާ 8.7 ބިލިޔަން ޑޮލަރަށް

03 އޯގަސްޓް 2017

އާ ޕްރޮޑަކްޓްތަކާ އެކު އެޕަލްގެ ވިޔަފާރި ކުރިއެރުމާ ގުޅިގެން ދެ ވަނަ ކުއާޓަރުގެ ފައިދާ 12 ޕަސެންޓަށް އިތުރުވެ، 8.7 ބިލިޔަން ޑޮލަރަށް އަރައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އާ ޕްރޮޑަކްޓްތަކާ އެކު އެޕަލްގެ ވިޔަފާރި ކުރިއެރުމާ ގުޅިގެން ދެ ވަނަ ކުއާޓަރުގެ ފައިދާ 12 ޕަސެންޓަށް އިތުރުވެ، 8.7 ބިލިޔަން ޑޮލަރަށް އަރައިފި އެވެ.

އެޕަލް އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ދެ ވަނަ ކުއާޓަރުގައި އެ ކުންފުނިން ވަނީ 45.4 ބިލިޔަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެކެވެ.

ހިސާބުތައް ހާމަކުރުމާ އެކު އެޕަލްގެ ހިއްސާގެ އަގު ވަނީ ފަސް ޕަސެންޓަށް އުފުލިފަ އެވެ.

އެޕަލް އިން އަންނަ މަހު އާ އައިފޯން ނެރެން ތައްޔާރުވެފައިވާއިރު ދެ ވަނަ ކުއާޓަރުގައި އައިފޯންގެ ޑިމާންޑް ދެ ޕަސެންޓަށް އިތުރުވެ، 41.03 މިލިޔަން އައިފޯން ވަނީ ވިކިފަ އެވެ.

އާ އައިފޯނާ އެކު އާންމުކޮށް އެޕަލްގެ އެހެން ޕްރޮޑަކްޓްތަކުގެ އަޕްގްރޭޑެޑް މޮޑަލްތައް ވެސް ނެރެ އެވެ. އަލަށް ނެރޭ ޕްރޮޑަކްޓްތައް ވިއްކަން ފެށުމުން، އެޕަލްގެ ވިޔަފާރި އިތުރަށް ކުރިއަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.