Roadha Mihaaru
އިސްވެރިއަކު ރިސޯޓެއްގައި ހުމާމާ ބައްދަލުކުރި: ރައީސް

ހުމާމު ޖަލުގައި ހުއްޓާ ރިސޯޓަކަށް ގެންގޮސް ބައްދަލުކުރި، އެކަން އެބަ ތަހުގީގުކުރޭ: ރައީސް

06 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސެއިން ހުމާމް، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އެތަނުން ނެރެގެން ރިސޯޓަކަށް ގެންގޮސް ދައުލަތުގެ އޭރުގެ އިސްވެރިއަކު ބައްދަލުކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްޓެލްކޯގައި ބޭއްވި ޕީޕީއެމްގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އާ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ، ދައުލަތުގެ އިސްވެރިއަކު ހުމާމް ޖަލުން ނެރެ އޭނާއާ ބައްދަލުކުރެއްވި މައްސަލަ ކަމަށް ވެސް ވިދާޅުވި އެވެ.

އެއީ ކޮން ބޭފުޅެއް ކަމެއް އަދި ބައްދަލުކުރެއްވި ތާރީޚެއް ވެސް ރައީސް ވިދާޅެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރައީސް އެ އިޝާރާތް ކުރައްވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ.

ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ އޭރުގެ އިސްވެރިއަކު ހުމާމް ރިސޯޓަކަށް ގެންގޮސް ބައްދަލުކުރި ކަމަށް ބުނެ، މާފުށީ ޖަލުގެ ދެ ގާޑުންގެ ތެރެއިން އެކަކު ފުލުހުންނަށް ހެކި ބަސް ދީފައިވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވެގެން އެ ސްޓޭޓްމަންޓު ނެގީ ވެސް. އެކަން ހިނގިކަން އަޅުގަނޑަށް އެނގިގެން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ އެވަރުގެ އިސް ބޭފުޅަކު ގައިދީއަކު ބަންދުގައި ހުއްޓައި ގަވާއިދާ ހިލާފަށް އޭނަ ނެރެގެން ބައްދަލުކުރި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަފްރާޝީމް މަރާލަން، އެންމެ ޝައުގުވެރިކަން ހުރެގެން މިއުޅެނީ ކޮންބައެއްތޯ އެނގޭނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ތަހުގީގަށް، އަނެއް ގާޑުގެ ބަޔާން ވެސް ފުލުހުން ނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއަށް ފަހު، ހުމާމާ ބައްދަލުކުރިި ބޭފުޅާ އެކަން ކުރެއްވި ސަބަބު ހޯދަން ވެސް ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.