Roadha Mihaaru
ގާސިމް ހާޒިރު ނުވިޔަސް ޝަރީއަތް ބާއްވާނެކަން އަންގައިފި

ގާސިމް ހާޒިރު ނުވިޔަސް ޝަރީއަތް ބާއްވާނެކަން އަންގައިފި

06 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ތާވަލްކޮށް، އެ އަޑުއެހުމަށް ހާޒިރުވާން އޭނާ އަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިރެއަށް ތާވަލްކޮށް، އެ އަޑުއެހުމަށް ހާޒިރުވާން އޭނާ އަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

މިވަގުތު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ކޯޓުން ފޮނުވި ޗިޓްގައިވާ ގޮތުން މިރޭ 8:00 ގައި ބާއްވާ އެ އަޑުއެހުމަށް ގާސިމް ހާޒިރުވެވަޑައިނުގެންފި ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގާނެ އެވެ. އެ ޗިޓާ ހަވާލުވެފައިވަނީ ގާސިމްގެ ވަކީލުންގެ ޓީމުގެ މެމްބަރެކެވެ.

މިރޭގެ އަޑުއެހުމަށް ހާޒިރުވާން ގާސިމަށް އެންގީ މިއަދު ހެނދުނު ބާއްވަން އޮތް އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރުމަށް ފަހު އެވެ. އަޑުއެހުން ކެންސަލްކުރީ ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންނެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުމަކީ ހެއްކާ ބެހޭގޮތުން ވާހަކަ ދައްކަން ތާވަލްކުރި އަޑުއެހުމެއް ކަމަށް ގާސިމަށް ކޯޓުން ފޮނުވި ޗިޓްގައިވެ އެވެ.

ގާސިމްގެ ސިއްހީ ހާލަތު ގޯސްވެ، އިތުރު އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ގާސިމްގެ ވަކީލުން ބުނެ އެވެ. އެކަމަކު ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ މިހާތަނަށް ވަނީ ފުރޭ ގޮތް ނުވެފަ އެވެ.