ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުން ދޭ ހިދުމަތުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މިއަދު ބުނެފި އެވެ.
09 އޯގަސްޓް 2017
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުން ދޭ ހިދުމަތުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މިއަދު ބުނެފި އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އަލަށް ކަނޑައެޅި އަގުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަލަށް ގެނައި ބަދަލާ ގުޅިގެން ގާތްގަނޑަކަށް 10- 15 ޕަސެންޓް އަގުތައް ބޮޑުވެގެންދާނެ ކަމަށެވެ. ނަމަވެސް އެ އަގުތައް ހުންނާނީ އެކަށީގެންވާ ހެޔޮ މިންގަނޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކާގޯ އިން ދެމުން އަންނަ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލާއި އެހެން ބައެއް ފަރާތްތަކުން ދެމުން އަންނަ އެއްކަހަލަ ހިދުމަތްތަކުގެ އަގުތަކަށް ބަލާފައި. އެކަމަކު މިއަގުތައް އަޅުގަނޑުމެން އަބަދުވެސް ރިވައިސްކޮށް ހަދަމުން ގެންދަން،" އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެމުން އަންނަ އެއާ ކާގޯގެ ހިދުމަތްތައް ފުޅާކޮށް ކުރިއަރުވަން ވަރަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މިގޮތުން ޒަމާނާ އެއްގޮތަށް ހިދުމަތްތައް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި މި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތްތަކުގެ ފެންވަރާއި މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ގޮތުގައި މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިދުމަތްތަކަށް ނަގަމުންދާ އަގުތައް ވަނީ މުރާޖާކޮށްފައި،" އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ހޭންޑްލިން ފީގެ ގޮތުގައި ކިލޯއަކަށް ނެގުމަށް ހަމަޖެހިފައި ވަނީ 1.15ރ. އެވެ. އަދި 25 ކިލޯއަށް ވުރެ ދަށުގެ ޝިޕްމަންޓްތަކަށް ނަގާނީ 28.75ރ. އެވެ. ސްޓޯރޭޖް ފީގެ ގޮތުގައި ކިލޯއަކަށް 1.15ރ. ނަގާއިރު 25 ކިލޯއަށް ވުރެ މަދު ނަމަ ނަގާނީ 28.75ރ. އެވެ. ޑެމަރޭޖް ސްޓޯރޭޖް ފީގެ ގޮތުގައި ފުރަތަމަ ތިން ދުވަސް ހިލޭ އޮންނައިރު ހަތަރު ދުވަހާއި ދިހަ ދުވަހާ ދެމެދު ނެގުމަށް ހަމަޖެހިފައި ވަނީ ދުވާލު ކިލޯއަކަށް 2.30ރ. އެވެ. އަދި 11 ދުވަހާއި 20 ދުވަހާ ދެމެދު ކޮންމެ ދުވަހަކަށް ކިލޯއަކަށް 3.45ރ. އަދި 21- 30 ދުވަހާ ދެމެދު ކޮންމެ ދުވަހަކު ކިލޯއަކަށް 5.75ރ. އަދި މަދުވެގެން ނެގުމަށް ހަމަޖެހިފައި ވަނީ 30ރ. އެވެ.
ސާކިއުލާގައިވާ ގޮތުން، ފިނިކުރާ ސްޓޯރޭޖް ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ ކިލޯއަކަށް 1.15ރ. އެވެ.
މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހާއި މެއި 15ގައި ވެސް އަގުތަކަށް ބަދަލު ގެނެސް ސާކިއުލާއެއް ނެރެފައިވެ އެވެ.
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
ދެ ގުނަ ބޮޑުކޮށް ވީއައިއޭ އާ ކާގޯ ޓާމިނަލް ހުޅުވައިިފި
ކާގޯ ހޭންޑްލް ކުރުމުގައި އެމްއޭސީއެލް އިން ރެކޯޑެއް!
ރާއްޖެ އެތެރެކޮށް، ނުގެންގޮސް ހުރި މުދާތައް ނީލަމަށް
ވެލާނާ އެއާޕޯޓުން ރެކޯޑު އަދަދަކަށް ކާގޯ ހޭންޑްލްކޮށްފި
އެއާޕޯޓުގެ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ފަށައިފި
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް
ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް