Roadha Mihaaru
ވެލާނާ އެއާޕޯޓުން ރެކޯޑު އަދަދަކަށް ކާގޯ ހޭންޑްލްކޮށްފި

ވެލާނާ އެއާޕޯޓުން ރެކޯޑު އަދަދަކަށް ކާގޯ ހޭންޑްލްކޮށްފި

09 އެޕްރީލް 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އެކަނި 302 ޓަނުގެ އެއާ ކާގޯ ހެންޑްލްކޮށް ރެކޯޑު ހަދައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ އެކަނި 302 ޓަނުގެ އެއާ ކާގޯ ހެންޑްލްކޮށް ރެކޯޑު ހަދައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ 302 ޓަނުގެ ކާގޯ އިއްޔެ ހޭންޑްލް ކުރިއިރު، އޭގެ ތެރެއިން 114 ޓަނުގެ ކާގޯއަކީ ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތައް ކަމަށެވެ.

"މިއީ މި އެއާޕޯޓު ހުޅުވި ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ކާގޯ ހެންޑްލްކުރި ދުވަސް. މިހާ ބޮޑަށް ކާގޯ ހެންޑްލްކުރުން އިތުރުވީ މަސް އެކްސްޕޯޓްކުރާ މިންވަރު މިދުވަސްވަރު އިތުރުވުމުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ގެނައި މުދާތަކެއް ވެލާނާ އެއާޕޯޓުގައި އޮތް މަތިންދާބޯޓަކުން ބާލައިގެން އިއްޔެ ގެންދަނީ. ފޮޓޯ: އެމްއޭސީއެލް

ރާއްޖެއަށް ގެނައި މުދާތަކެއް ވެލާނާ އެއާޕޯޓުގައި އޮތް މަތިންދާބޯޓަކުން ބާލައިގެން އިއްޔެ ގެންދަނީ. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓު (ވީއައިއޭ) އިން ރެކޯޑް އަދަދަކަށް ކާގޯ ހެންޑްލް ކުރިއިރު، އެ އެއާޕޯޓުގައި ކާގޯގެ ހިދުމަތް ފުޅާކުރުމަށް 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއް ހަދަން ވަނީ ފަށައިފަ އެވެ.

ހުޅުލޭގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ގެ އުތުރުން އޮންނަ ބިމުގައި ހަތަރު ބުރިއަށް ހަދާ އާ ކާގޯ ޓާމިނަލްގައި ކުރިއާ ޚިލާފަށް ކާގޯ ކްރޭންތަކެއް ހުންނާނެ އެވެ. އަދި ތިން ބައެއް އެކުލެވޭ އެ އިމާރާތުގައި 12،000 އަކަމީޓަރު ހުރެ އެވެ.

ވެލާނާ އެއާޕޯޓުގައި މިހާރު ހުންނަ ކާގޯ ޓާމިނަލްގައި ޚިދުމަތް ދެވެނީ 50،000 ޓަނުގެ ކާގޯއަށެވެ.