ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަސް ތެރޭގައި 329 ޓަނުގެ ކާގޯ ހެންޑުލްކޮށްފި އެވެ.
25 ޑިސެމްބަރ 2019
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަސް ތެރޭގައި 329 ޓަނުގެ ކާގޯ ހެންޑުލްކޮށްފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ މިިދޔަ އާދިއްތަ ދުވަހު އެ ކުންފުނިން ހޭންޑުލް ކުރި ކާގޯގެ މިންވަރު ރެކޯޑު އަދަދަކަށް އަރާފައިވާ ކަމަށެވެ. ކާގޯ ހޭންޑްލިންނަށް އެންމެ ބާރު ބޮޑު ވަނީ ހޮނިހިރާއި އާދިއްތަ އާއި އަންގާރައިގެ އިތުރުން ބުދަ ދުވަހު އެވެ. ބޯޓުތަކުން ބާލާ ކާގޯ އިތުުރުވުމުގެ ސަބަބުން އެތަނުގެ ކާގޯ ސާވިސްގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް ހިދުމަތްދޭން ވަނީ މަޖުބޫރުވެފަ އެވެ.
އެމްއޭސީއެލް ކާގޯ ސާވިސްގެ މި ވަގުތުގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 150 ޓަނެވެ. އެހެން ނަމަވެސް އެއަށްވުރެ އިތުރަށް އެއް ދުވަސްތެރޭ ކާގޯ ހެންޑުލްކޮށްފައި ވަނީ މިދުވަސްވަރު ދުވާލެއްގެ މައްޗަށް އަންނަ ކާގޯ ވަރަށް ބޮޑުތަނުން އިތުރުވުމުގެ ސަބަބުންނެވެ.
އެމްއޭސީއެލްގެ ކާގޯ ސާވިސް އިން ކާގޯ ހިދުމަތް ދެމުން އަންނަތާ 45 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެއީ މިހާރު ޖާގައިގެ ގޮތުން ކުޑަ ފެސިލިޓީއެކެވެ. އެކަމަށް ހައްލެއް ހޯދުމަށް އާ ކާގޯ ޓާމިނަލެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކާގޯ ރައްކާކުރާ އާ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ މި އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެވެ. އާ ކާގޯ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފަހުކޮޅު އެވެ.
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
ދެ ގުނަ ބޮޑުކޮށް ވީއައިއޭ އާ ކާގޯ ޓާމިނަލް ހުޅުވައިިފި
ރާއްޖެ އެތެރެކޮށް، ނުގެންގޮސް ހުރި މުދާތައް ނީލަމަށް
ވެލާނާ އެއާޕޯޓުން ރެކޯޑު އަދަދަކަށް ކާގޯ ހޭންޑްލްކޮށްފި
އެއާޕޯޓުގެ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ފަށައިފި
އެއާޕޯޓުގެ ކާގޯ ޓާމިނަލުގެ އަގުތައް ބޮޑުކުރަނީ
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް
ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް