Roadha Mihaaru
14 ވަޒީރުންގެ އިސްތިއުފާއާއެކު އާ ޓީމެއް އެކުލާލައިފި

14 ވަޒީރުންގެ އިސްތިއުފާއާ އެކު ލޭބާ ޕާޓީން އާ ޓީމެއް އެކުލަވާލައިފި

27 ޖޫން 2016

ލަންޑަން (ޖޫން 27) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ރައްޔިތުން ނިންމުމާ އެކު އިދިކޮޅު ލޭބާ ޕާޓީގެ ލީޑަޝިޕުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ވޭތުވެދިޔަ ދެ ދުވަހު ވަނީ 14 ޝެޑޯ ވަޒީރުން އިސްތިއުފާ ދީފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 27) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ރައްޔިތުން ނިންމުމާ އެކު އިދިކޮޅު ލޭބާ ޕާޓީގެ ލީޑަޝިޕުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ވޭތުވެދިޔަ ދެ ދުވަހު ވަނީ 14 ޝެޑޯ ވަޒީރުން އިސްތިއުފާ ދީފަ އެވެ.

ލޭބާ ލީޑަރު ޖެރެމީ ކޯބީން ވަނީ ހިޔަނި ކެބިނެޓް އިސްތިއުފާ ދިން ނަމަވެސް ޕާޓީގެ ލީޑަރުކަމުން އޭނާ ވަކިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ލޭބާ ޕާޓީގެ މެންބަރުން ދަނީ ކޯބީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވަމުންނެވެ. ކޯބީން ވިދާޅުވީ ގިނަ ވަޒީރުންތަކެއް ގެއްލުމުން ހިތާމަ ކުރައްވާ ކަމަށެވެ. އިސްތިއުފާ ދެއްވި ވަޒީރުންގެ ބަދަލުގައި ކޯބީން މިހާރު ވަނީ 10 ވަޒީރުން އަލުން އައްޔަން ކުރައްވައިފަ އެވެ.

ލޭބާ ޕާޓީގެ ޝެޑޯ ޚާރިޖީ ވަޒީރު ބެން: ހިޔަނި ކެބިނެޓުން ގިނަ ބަޔަކު އިސްތިއުފާ ދިނީ ބެން މަގާމުން ވަކި ކުރުމުން. --ފޮޓޯ:އޭއެފްޕީ

ލޭބާ ޕާޓީގެ ޝެޑޯ ޚާރިޖީ ވަޒީރު ބެން: ހިޔަނި ކެބިނެޓުން ގިނަ ބަޔަކު އިސްތިއުފާ ދިނީ ބެން މަގާމުން ވަކި ކުރުމުން. --ފޮޓޯ:އޭއެފްޕީ

ލޭބާ ޕާޓީގެ ހިޔަނި ކެބިނެޓުން ގިނަ ވަޒީރުންތަކެއް އިސްތިއުފާ ދީފައި ވަނީ ޝެޑޯ ޚާރިޖީ ވަޒީރު ހިލަރީ ބެން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ބެން ވަކިކުރީ ކޯބީންގެ ލީޑަޝިޕަށް ފާޅުގައި ފާޑު ވިދާޅުވުމުންނެވެ.

އިސްތިއުފާ ދެއްވި ވަޒީރުންގެ ސިޓީގައި ވަނީ އީޔޫ އިން ވަކިވުމަށް ރައްޔިތުން ނިންމުމާ އެކު ޕާޓީ ކުރިއަށް ގެންދިއުމުގެ ގާބިލްކަން ކޯބީންގެ ކިބައިގައި ނެތް ކަމަށް ބުނެފަ އެވެ. އަދި ތާރީޚުގައި ކޯބީންގެ ނަން ލިޔެވިގެން ދާނީ ޕާޓީ ބައިބައިކޮށްލި މީހާގެ ގޮތުގައި ކަމަށް ވެސް ވަކިވި ބައެއް ވަޒީރުން ބުނެފައިވެ އެވެ.