Roadha Mihaaru
އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނީޒާ އިމާދު ހަމަޖައްސަނީ

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނީޒާ އިމާދު އައްޔަން ކުރައްވަނީ

16 އޯގަސްޓް 2017

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި، ނީޒާ އަކީ މިހާރު ވެސް އެސިސްޓެންޓް ގަވަރުނަރެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 31 އަހަރު ވެފައިވާ ނީޒާ އަކީ އެ އިދާރާގެ ފައިނޭންޝަލް ސްޓެބިލިޓީ ބައިގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. މީގެ އިތުރު އެއީ އެމްއެމްއޭގެ ބޯޑު ޑިރެކްޓަރެކެވެ. އަދި އޭނާ އަކީ 2014 އިން ފެށިގެން ރާއްޖެ އިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ކަނޑައަޅާފައި ހުންނަވާ އަލްޓަނޭޓިވް ގަވަރުނަރެވެ.

އެމްއެމްއޭގައި ތަފާތު މަގާމުތައް ފުރުއްވާފައިވާ ނީޒާ މަތީ ތައުލީމު ހާސިލް ކުރައްވާފައި ވަނީ މާސްޓާސް އޮފް ކޮމާސްގެ ދާއިރާ އިންނެވެ.

ނީޒާ އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދާއި މި ސަރުކާރުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދުގެ ކޮއްކޮ އެކެވެ.

އަޒީމާ މިއަދު ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުން ކަމަށެވެ.