Roadha Mihaaru
އަލީ ހާޝިމް އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް

ގަވަރުނަރަކަށް އަލީ ހާޝިމް އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީ އަށް

29 އޯގަސްޓް 2019

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސް މަޖިލިހަށް ފޮނުއްވީ އިއްޔެ އެވެ.

ގަވަރުނަރަކަށް އަލީ ހާޝިމްގެ ނަން ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ.

އަލީ ހާޝިމް މިނިސްޓަރުކަން ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008 އިން ފެށިގެން 2010 ވަނަ އަހަރަށެވެ.

އަލީ ހާޝިމް ވަނީ އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފަ އެވެ. މިހާރު އޭނާ ހުންނެވީ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީގެ ޗެއާމަނަކަށެވެ.