Roadha Mihaaru
ދެ މެމްބަރުންނަށް ދެ ވަނަ ފަހަރަށް ހަތަރެއް، ހަތަރެއް

ދެ މެމްބަރުންނަށް ދެ ވަނަ ފަހަރަށް ހަތަރެއް، ހަތަރެއް

16 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައި ހައްޔަރުކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެންގެ ބަންދަށް އަނެއްކާވެސް ހަތަރު ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

މިއީ ދެ ބޭފުޅުންގެ ބަންދަށް ހަތަރު ދުވަސް އިތުރުކުރި ދެ ވަނަ ފަހަރެވެ.

އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ޖުލައި 24 ގައި މަޖިލީހަށް ވެންނެވި މައްސަލާގައި އަމީތު އާއި ސައުދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެނައީ ހަވީރު އެވެ.

އަމީތުގެ ލޯ އިންފެކްޓްވެގެން އޭނާ މިއަދު ވަނީ އައިކެއާ އަށް ގެންގޮސް ޑޮކްޓަރަށް ވެސް ދައްކައިފަ އެވެ.

ސައުދާއި އަމީތުގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރުކޮށްދިންއިރު ކޯޓުން ވަނީ އެ މުއްދަތުގެ ތެރޭގައި ދެ ބޭފުޅުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފުލުހުންނަށް އަންގައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ މައްސަލަ ޕީޖީ އަށް ފޮނުވައިފަ އެވެ.

އަމީތާއި ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.