Roadha Mihaaru
ރޮނާލްޑޯ ނެތި މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކޮށްފި

ރޮނާލްޑޯ ނެތި މެޑްރިޑުން ސުޕަ ކަޕް ކާމިޔާބުކޮށްފި

17 އޯގަސްޓް 2017

މެޑްރިޑް (އޮގަސްޓް 17) – ސަސްޕެންޑްކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ދެ ވަނަ ލެގުން ބާސެލޯނާ 2-0 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑް ރޭ ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޮގަސްޓް 17) – ސަސްޕެންޑްކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ދެ ވަނަ ލެގުން ބާސެލޯނާ 2-0 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑް ރޭ ކާމިޔާބުކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރި މެޑްރިޑުން ސުޕަ ކަޕް މި ކާމިޔާބުކުރީ ދެ ލެގުގެ އެގްރިގޭޓުން 5-1 އިންނެވެ. ފުރަތަމަ ލެގު 3-1 އިން އެ ޓީމު ކާމިޔާބުކުރިއިރު އެ މެޗުގައި ދެއްކި ރަތްކާޑަކާ ގުޅިގެން ރެފްރީ ކޮއްޕާލުމުން ރޮނާލްޑޯ ހުރީ ފަސް މެޗުގެ ސަސްޕެންޝަނެއްގަ އެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ވަނީ ލީޑު ނަގައިދީފަ އެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިއާ އަންނަނީ ފަހަކަށް އައިސް ތަފާތު ދައްކަމުންނެވެ.

އަދި 39 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ކަރިމް ބެންޒެމާ ގޯލް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ.

ދެ ލެގުގެ އެގްރިގޭޓުން ބޮޑު ލީޑެއްގައި އޮތުމާ އެކު އެކު ދެ ވަނަ ހާފުގައި މެޑްރިޑް ފެނިގެން ދިޔައީ ފަސޭހަކޮށެވެ. އަދި މި ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކުރިއިރު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

"މިރޭ އަހަރެމެން މި ކުޅުނީ ވަރަށް މޮޅު މެޗެއް. ހާއްސަކޮށް ފުރަތަމަ ހާފުގައި ތަފާތު،" މެޑްރިޑުގެ ކޯޗު ޒައިނުއްޒީން ޒިދާން ބުންޏެވެ. "މި ޓީމު އަބަދުވެސް އޮންނަނީ ކާމިޔާބީއަށް ފެންބޮވައިގެންފައި. އަހަރެމެން ކުޅޭ ކޮންމެ މެޗެއްގައި އެކަން ފެނޭ."

މިއީ މެޑްރިޑުގެ ކޯޗުކަމުގައި އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޒައިނުއްދީން ޒިދާން ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި އޭނާ އެ ޓީމަށް ހޯދައިދިން ހަތް ވަނަ ތަށްޓެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕާއި ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު މި ވަނީ ހޯދައިދީފަ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ލީގު އޮތީ ބޯމަތީގައި ކަމަށާއި އެހެންވެ ވީ އެންމެ އަވަހަކަށް މި ނާކާމިޔާބީން އަރައިގަންނަން ޖެހޭ ކަމަށެވެ.