Roadha Mihaaru
އުތުރުގެ އަތޮޅުތަކުން ޔޫއެންޑީޕީން ހިޔާލު ހޯދަނީ

އުތުރުގެ ހަތަރު އަތޮޅުން ޔޫއެންޑީޕީން އެކި ދާއިރާތަކުން ހިޔާލު ހޯދަނީ

21 އޯގަސްޓް 2017

ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމާއި ސުލްހަވެރި މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން އެކި ދާއިރާތަކުން ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ޒުވާނުންގެ ހިޔާލު ހޯދަން ޔޫއެންޑީޕީން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމާއި ސުލްހަވެރި މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން އެކި ދާއިރާތަކުން ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ޒުވާނުންގެ ހިޔާލު ހޯދަން ޔޫއެންޑީޕީން ނިންމައިފި އެވެ.

މިއީ ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން، "މިޔަހެލި" ނަމުގައި ޒުވާނުންނަށް ބާއްވާ އިޖްތިމާއީ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ޒުވާނުންނަށް ފަސް ދާއިރާއަކުން ހިޔާލުފާޅުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ޒުވާނުންގެ ހަރަކާތްތައް ބިނާކުރުމާއި ދެމެހެއްޓެނިވި އުފެއްދުންތެރި ހައްލުތައް ގެނައުމާއި އަންހެނުން ބާރުވެރިކުރުމާއި ސުލްހަވެރި މުޖުތަމައެއް ބިނާކުރުމުގެ އިތުރުން، ޖިންސީ އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމާ ގުޅޭގޮތުންނެވެ.

ޔޫއެންޑީޕީން ބުނިގޮތުގައި މިއިން ކޮންމެ ދާއިރާއަކުން ވެސް ކުރެވިދާނެ ކަންކަމާއި ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ޒުވާނުންނަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު ދޭނެ އެވެ. މި ހިޔާލުތައް ޔޫއެންޑީޕީއަށް ހުށަހަޅަނީ، އެކަމަށް ހާއްސަކޮށްގެން ދޭ ފޯމަކުންނެވެ.

އެ ޕްރޮގްރާމްގެ ފަރާތުން ޔޫއެންޑީޕީން ވާހަކަ ދެއްކެވި ނައުފަލް އަމްޖަދު ވިދާޅުވީ ހުށަހަޅާ ފޯމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ހިޔާލެއް ހޮވައި، އެ ހުށަހެޅި މީހުންނަށް ވަކި ރަށެއްގައި ދެ ދުވަހުގެ ކޭމްޕެއް ބާއްވާނެ ކަމަށެވެ. އަދި އެ ހިޔާލަކާގުޅޭ ތަޖުރިބާކާރުން ވެސް ކޭމްޕުގައި ބައިވެރިކޮށް، އިތުރަށް އެ ހިޔާލު ތަރައްގީ ކުރުމަށް އެހީވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖަޖިން ޕެނަލެއް ތުރޫކޮށް އަޅުގަނޑުމެން އަދި އޭގެ ތެރޭން އެންމެ މޮޅު ތިން ހިޔާލެއް ވެސް ހޮވާނަން. އެ ހިޔާލު ހުށަހަޅާ ކޮންމެ ބައިވެރިއަކަށް ވެސް 3،000 ޑޮލަރު ދޭނެ. އެ ފައިސާއިން އޭނާގެ މަސައްކަތަކަށް ވާނީ ހަ މަސްތެރޭގައި އެ ހިޔާލު ހަގީގަތަކަށް ހަދަން މަސައްކަތް ކުރުން،" ނައުފަލް ވިދާޅުވި އެވެ.

ޔޫއެންޑީޕީން ބުނީ އެ ހިޔާލަކަށް އަމަލު ކުރުން މުހިއްމު ނޫން ކަމަށާއި މި ޕްރޮގްރާމްގެ މަގްސަދަކީ އެ ހިޔާލެއް ހަގީގަތަކަށް ހެދޭނެ ގޮތް ހޯދުން ކަމަށެވެ.

ޔޫއެންޑީޕީން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ޕްރޮގްރާމެއް ބާއްވާފަ އެވެ.