Roadha Mihaaru
ތިން އަހަރުގެ ހުކުމަކާ އެކު ގާސިމްގެ ގޮނޑި ގެއްލިއްޖެ

ގާސިމް 3 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި؛ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ

24 އޯގަސްޓް 2017

--------------------------------------------------------------------------------

--------------------------------------------------------------------------------

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައި، ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އިންޒާރު ދީފި އެވެ.

http://criminalcourt.gov.mv/wp-content/uploads/2017/08/Hukum-01.pdf

ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލާފައިވާ ގާސިމް ކޯޓަށް ހާޒިރުވާން އަންގާފައި މި ވަނީ މިއަދު ގާސިމް ކޯޓަށް ހާޒިރުކޮށްފައި އިންނަވަނިކޮށް ކޯޓުތެރެއަށް ވެއްޓި ހޮސްޕިޓަލުގައި އެޑިމިޓްކުރަން ޖެހުމާ ގުޅިގެން ޝަރީއަތް ފަސްކޮށްފައި ވަނިކޮށެވެ. ހިތުގެ އާލާސްކަންފުޅެއްގައި އުޅުއްވާ ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު، އޭނާ ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ކަމަށާއި ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ލިޔުން ދެއްވައިފަ އެވެ. ނަމަވެސް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވާތީ ރާއްޖޭން ބޭރަށް ވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.

ކްރިމިނަލް ކޯޓުން މިރޭ 10:35 ގައި ހަވާލުކޮށްފައިވާ ޗިޓްގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުކުރަނީ ރިޝްވަތު ދޭން ހުށަހެޅުމުގެ ކުށުގެ ދައުވާގައި ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށާއި "ނިންމުމަށް" ކަމަށެވެ. އަދި ގާސިމް ހާޒިރުވެ ވަޑައިނުގެންފި ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އިންޒާރު ދީފައިވެ އެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގައި، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރުމަކީ ކުރާ ކަމެއް ނޫނެވެ.

ގާސިމްގެ ވަކީލުން މިއަދު ހަވީރު ވިދާޅުވި ގޮތުގައި، މިއަދުވެސް ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން މަސައްކަތްކުރި އެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ވަކީލުން އިންކާރު ކުރެއްވުމުން ޝަރީއަތް ފަސްކުރެއްވީ ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ.