Roadha Mihaaru

އެފްއެފްޕީ ގަވާއިދުގައި ހަމަހަމަ ކަމެއް ނެތް: ވެންގާ

ލަންޑަން (ސެޕްޓެމްބަރު 8) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދު އެކުލަވާލީ ކްލަބްތަކުގެ ހަރަދުކުރުން ހަމަހަމަ ކުރުމަށް ކަމަށާއި އެހެން ނަމަވެސް އެ ގަވާއިދުގައި ހަމަހަމަ ކަމެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އެފްއެފްޕީ ގަވާއިދުގައި ހަމަހަމަ ކަމެއް ނެތް: ވެންގާ
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

08 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 8) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދު އެކުލަވާލީ ކްލަބްތަކުގެ ހަރަދުކުރުން ހަމަހަމަ ކުރުމަށް ކަމަށާއި އެހެން ނަމަވެސް އެ ގަވާއިދުގައި ހަމަހަމަ ކަމެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޔުއެފާގެ ފައިނޭންޝިއަލް ޕެނަލުން އެފްއެފްޕީ ގަވަާއިދު އެކުލަވާލުމަށް ފަހު އެއަށް އަމަލުކުރަން ފެށީ 2011 ވަނަަ އަހަރުން ފެށިގެންނެވެ. އަދި ޔުއެފާ އިން އިތުރަށް މަޝްވަރާ ކުރުމަށް ފަހު އެފްއެފްޕީ ގަވާއިދުގެ ތެރެއިން ބައެއް ލުއި ގޮތްތައް 2015 ވަނަ އަހަރު ކްލަބްތަކަށް ހަމަޖައްސައިދިނެވެ.

"ފައިނޭންޝިއަލް ފެއާޕްލޭގެ ސަބަބުން ވަރަށް ހީނުކުރާ ސުވާލުތަކެއް އުފެދިއްޖެ. އަހަރެމެން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އަލެކްސެންޑަ (ލަކަޒެޓޭ) އަށް ބިޑްކުރަން ފުރަތަމަ އުޅުމުން އެ ގަަވައިދު ރޫޅާލި ކަމަށް ވެއްޖެ. އެކަމަކު އެހެން ކްލަބްތަކުން ދުނިޔޭގެ ރެކޯޑް އަގުތައް ހުށަހެޅިޔަސް ނުވޭ މައްސަލަ އަކަށް،" ވެންގާ ބުންޏެވެ.

ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން ވެންގާ ބުނީ އެއް ކްލަބުން މުޅި ގައުމު ތަމްސީލްކުރާނަމަ އެ ކަހަލަ ކަންތައްތައް ހިނގާނެ ކަމަށެވެ.

ވެންގާ ބުނީ މުސްތަގުބަލުގައި އެފްއެފްޕީ ގަވައިދަކީ އެއްވެސް ބޭނުމެއް ނެތް އެއްޗަކަށް ވެގެންދިއުމުގެ ފުރުސަތު ބޮޑު ކަމަަށެވެ.

"ފުޓްބޯޅަ އަކީ އެންމެ މަގުބޫލު އަދި އެންމެ ބޮޑު ކުޅިވަރު. މި ގޮތަށް ވިސްނާއިރު މި ކުޅިވަރު ވެގެންގޮސްފި ދުނިޔޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންގެ އިންވެސްޓްމަންޓްތަކަކަށް. ކޮންމެ މީހަކަށް ވެސް އެނގޭ ބަދަލު ލިބޭނެކަން. މި ވިސްނުމުގައި ކުރިއަށް ގޮސް ނިމޭއިރު އަހަރެންގެ ނަޒަރުގައި އެފްއެފްޕީގެ އެއްވެސް ބޭނުމެއް ދެން އޮންނާނެ ހެނެއް ހިއެއް ނުވޭ،" ވެންގާ ބުންޏެވެ.

މިދިޔަ ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ދުވަހު އާސެނަލުން ވަނީ މޮނާކޯގެ ވިންގް ތޯމަސް ލެމާ އަށް 100 މިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. ވެންގާ ބުނީ މިހާރު ޓްރާންސްފާ މާކެޓްގެ އަގުތައް ހުރި ގޮތުން ކްލަބެއްގެ ރުހުމުގައި ކުޅުންތެރިއަކު ގަނެވޭނީ ކުޑަ އަގެއް ދައްކައިގެން ނޫން ކަމަށާއި ގިނަ ކުޅުންތެރިންނަށް ހުށަހަޅަން ޖެހެނީ ހައްގުނުވާ އަގެއް ކަމަށެވެ.