Roadha Mihaaru
ދުންފަތް ބޭނުންނުކުރާ މީހުންގެ ގެތަކަށް އިނާމު ދެނީ

ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދިރިއުޅޭ ގެތަކަށް އިނާމް ދޭން ނިންމައިފި

11 ސެޕްޓެމްބަރ 2017

ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދިރިއުޅޭ ގެތަކަށް އިނާމް ދޭން ނިންމައި، އެކަމާ ބެހޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދިރިއުޅޭ ގެތަކަށް އިނާމް ދޭން ނިންމައި، އެކަމާ ބެހޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކުރި އުސޫލުގައި ބުނާ ގޮތުން އެ އިނާމު ދިނުމަށް ނިންމީ އާންމުން ފުރިހަމަ ސިއްޙަތެއްގައި ތިބުމަށް ހިތްވަރުދީ، އެކަމުގެ އަގު ސަރުކާރުން ވަޒަން ކުރުމުގެ ބޭނުމުގަ އެވެ.

ދިވެހިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމަށް ބާރުއެޅުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވަން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ އިތުރުން ދިރިއުޅޭ މާހައުލަކީ ދުންފަތުގެ ދުމުން ރައްކާތެރި ތަނަކަށް ހެދުމަކީ ވެސް އިނާމު ދިނުމުގެ މަގްސަދެއް ކަމަށް އެޗްޕީއޭގެ އުސޫލުގައިވެ އެވެ.

އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިން އުޅޭ ގޭބިސީއަކަށް ވުމާއި ގޭބިސީގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އެއް އަހަރު ވުމާއި އެ ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކު އުޅޭ ތަނެއްކަން ސާވޭއިން ކަނޑައަޅަން ޖެހޭ ކަމަށް އުސޫލުގައިވެ އެވެ.

އަހަރަކު އެއް ފަހަރު ދޭ މި އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ ހެލްތު މިނިސްޓްރީން އެކުލަވާލާ ކޮމެޓީއަކުންނެވެ.

ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް މިހާރަށް ވުރެ ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް އެކުލަވާލައި ރައީސް އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ.